ކޮވިޑް-19 : އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެ، ޢަދަދު 69 އަކަށް

އަނެއްކާވެސް ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19ގައި ނިޔާވެއްޖެއެވެ.

އެއީ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވީ ޙާލުބޮޑުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.  މިމީހާ ނިޔާވީ މިއަދު 16:00 ހާއިރުއެވެ. މިމީހާ ހޮސްޕިތަލަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތްކަމަށާ، ގެންދިޔަތާ ކުޑަ އިރުކޮޅެެއްގެތެރޭގައި ނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 69ވަނަ މީހާއެވެ. އަދި މިއަދު މިބަލީގައި ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ.

މިއަދު ފުރަތަމަ ނިޔާވީ ޢުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.  މިމީހާ ނިޔާވީ މިއަދު 11:12 ހާއިރުއެވެ.

ރާއްޖެއިން މިހާތަނަށް ނިޔާވެފައިވާ 69 މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި 8 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.