ކޮވިޑް-19 : އިތުރު މީހަކު ނިޔާވެއްޖެ

އަނެއްކާވެސް ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19ގައި ނިޔާވެއްޖެއެވެ.

އެއީ ޢުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.  މިމީހާ ނިޔާވީ މިއަދު 11:12 ހާއިރުއެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 68ވަނަ މީހާއެވެ. އެންމެ ފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވާ 68 މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 8 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.