ކޯވިޑް-19 ފެތުރުން ކޮންޓުރޯލު ކުރުމަށްޓަކައި މާލޭ ސަރަހައްދުގައި އަޅައިފައިވާ ހުރިހައި ފިޔަވަޅެއް އުވާލައިފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުގައި މީގެ ކުރިން އަޅާފައި ހުރި ތިރީގައިމިވާ ހުރިހައި ކަމެއް މިއަދުން ފެށިގެން އުވުނީއެވެ.
(1) އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން މަގުމައްޗާާއި އާއްމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުން.
(2) ޚާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުމަށްޓަކައި މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުންގެ އަތުގައި ދަތުރު ކުރުމުގެ 72 ގަޑިއިރު ކުރިން ހައްދައިފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުން.
(3) އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން.
(4) ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
(5) މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ މީސްމީހުން ކަރަންޓީނު ކުރުން.
(6) ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީސްމީހުން ދިހަ ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރުން.
މި ފިޔަވަޅުތައް އުވައިލުމާއެކު ތިރީގައި މިވާ ލުއިތައްވެސް ލިބިގެން ދާނެއެވެ.
(1) އެޗްޕީއޭއިން ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުން.
(2) އެޗްޕީއޭއިން ކަނޑައަޅާއިފައިވާ ހަމަތަކާ އެއްގޮތަށް ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވައިލުން.
(3) ދުވާން ޚާއްސަކޮށްފައިވާ ޓްރެކްތައް ހުޅުވައިލުން.
(4) ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުޅުވައިލުން.
(5) އެޗްޕީއޭއިން ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ޖިމްތަކާއި ކަސްރަތު ކުލާސްތައް ހުޅުވައިލުން.
(6) އެޗްޕީއޭއިން ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ޑޭކެއަރ ސެންޓަރުތައް ހުޅުވައިލުން.
(7) މިނިސްޓަރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލްތަކާއި ނާސަރީތަކުގައި ކިޔަވައިދިނުން ހުޅުވައިލުން.
(8) ރޭގަނޑު 11.00 އިން ފެށިގެން ފަތިހު 4.30 އަށް މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާކުރި ކުރުން ބާތިލުކުރުނ.