ޅެންވެރިކަން މުހިންމުވަނީ ޚިޔާލާއި ފިކުރާއި އެންމެ ފުން އިޙްސާސްތައް އަދަބީ މުއާމަލާތެއްގެ ގޮތުގައި ކުރަހާލަދޭ ތަސްވީރަކަށް ހަދައިދެވޭތީ:  ޝާހިދު

ޅެންވެރިކަން މުހިންމުވަނީ އިންސާނެެއްގެ ޚިޔާލާއި ފިކުރާއި އެންމެ ފުން އިޙްސާސްތައް އަދަބީ މުއާމަލާތެއްގެ  ގޮތުގައި ކުރަހާލަދޭ ތަސްވީރަކަށްހަދައިދެވޭތީކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 32 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވިި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.  

ރާއްޖެއެކޭ އެއްގޮތަށް ދުނިޔޭގެ ކޮންމެ ޙަޟާރަތެއްގައިވެސް ޅެންވެރިކަމަށް ވަރަށް ޚާއްސަ މަގާމެއް ދެވިފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަ ކުރެއްވިއެވެ.  އެހެން އެކަން ވެފައިވަނީ އިންސާނެެއްގެ ޚިޔާލާއި ފިކުރާއި އެންމެ ފުން އިޙްސާސްތައް އަދަބީ މުއާމަލާތެއްގެ  ގޮތުގައި ކުރަހާލަދޭ ތަސްވީރަކަށް ޅެންވެރިކަން ހަދައިދެވޭތީކަމަށް  ވިދާޅުވިއެވެ. އިޖްތިމާޢީ ޢިމްލުގެ ތެރޭގައި ހިމެނޭ ޅެންވެރިކަމަކީ އަދަބީ ޢިލްމުގެ އެންމެ ވަރުގަދަ އެއް ތަނބު ކަމުގައި ވާތީކަން ވެސް ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ މުޖުތަމައުގެ އިންތަކާއި މިންތައް ތާރީޚީ އާދަކާދަ އެންމެ އަސަރާއެކު ދޭހަކޮށްލަދޭ އެއް ވަޞީލަތް ކަމުގައި ޅެންވެރިކަން ވާތީކަމަށް ވިދާޅުވިއެވެ. އަދި ޅެންވެރިކަމަކީ ހިތުގެ އެންމެ ހިމަ ނާރާ ގުޅާލަދޭ ވަސީލަތެއް ކަމަށް ވާތީކަމށް ވެސް ފާހަގަ ކުރެއްވިއެވެ. ދުނިޔޭގެ ޙަޟާރަތްތަކަށް ބަލައިފިނަމަ ގައުމުތަކުގެ ބޮޑެތި އިންްގިލާބުތައް ޅެންވެރިކަން މެދުވެރިކޮށް ގެނެސްފައި އެބަހުރިކަން ފާހަގަ ކުރެއްވިއެވެ.  ޅެންވެރިކަން ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްގެން  އިންސާނާގެ ފިކުރާއި ވިސްނުމަށް ބަދަލު ގެނެސްފައިވާކަން ފާހަގަ ކުރެއްވިއެވެ. 

މިއަހަރު ޅެންވެރިންގެ ދުވަހުގެ ޝިޢާރުގައި ބުނާ  "ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި..." ފާހަގަ ކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ  ކޯވިޑާ އެކު ރާއްޖޭގެ އިގުތިސާދު ހުއްޓުމަކަށް އައުމަށްފަހު ރައީސް ޞާލިޙު ގައުމު އާރާސްތު ކުރެއްވުމުގައި ޢަމަލުފުޅު ކުރެއްވީ، ފާތުމަތު ސަޢީދުގެ ޅެމުގައިވާ ގޮތަށް ކެތްތެރިކަމާއެކު ރާއްޖެއަށް ކަންކަން ކުރެވޭނެ މަގު ހޯއްދަވައިގެން ކަމަށެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަ ކުރައްވައިފައި ވަނީ އަންނަބީލާ އަލްމަރުޙޫމާ ފާޠުމަތު ސަޢީދުގެ ހަނދާނަށެވެ. އެކަމަނާ އަކީ ދިވެހި އަދަބީ ބަގީޗާގެ "ނަރުގިސްމަލެވެ" އަންނަބީލާ ފާޠުމަތު ސަޢީދަކީ މަޝްހޫރު ޢިލްމުވެރިޔާ އަދި އަދީބު ފަޟީލަތުއްޝައިޚުލްމަރްހޫމް ޙުސެއިން ޞަލާހުއްދީންގެ ދަރިކަނބަލެކެވެ. އަދި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ފުރަތަމަ އަނބިކަނބަލުން ވެސް މެެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.