މިއަދު ހެނދުނު ނިޔާވި ބަންގްލަދޭޝް މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިޔަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 66 މީހަކު ހޯދިފައިވާކަމަށް އެން.އީ.އޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ އަފްޒަލް ވިދާޅުވެއްޖެއެވެ. މިމީހާއަކީ ކަޅުތައްކަލާކޮށީގައި މަސައްކަތްކުރި 33 އަހަރުގެ މީހެއްކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދަމުން ދާތީ އިތުރު ކޮންޓެކްޓުން ފެނުމަކީ އެކަށީގެންވާކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދުވަނީ 573 ކަށް އަރާފައެވެ. އޭގެ ތެރެއިން 549މީހުންނަށް މިހާރު ފަރުވާ ދެމުންދާއިރު 6 މީހަކުވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 2 މީހަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ. އެއީ 76 އަހަރުގެ މީހާއާއި 88 އަހަރުގެ މީހެކެވެ. ދެންތިބި މީހުންނަކީ 80 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ އަންހެނަކާއި އަހަރުގެ މީހަކާއި 48 އަހަރުގެ ބިދޭސީ މީހަކާއި 87 އަހަރުގެ އަންހެނެކެވެ. މި މީހުންގެ ހާލަތު ސްޓޭބަލް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.