ކޯވިޑް19 އާ ގުޅިގެން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮޓްލައިނެއް ގާއިމުކޮށްފިއެވެ. މި ހޮޓްލައިން ގާއިމުކުރީ މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުން ކަމަށް ކޯވިޑް ތަރުޖަމާނު މަބްރޫކު އަޒީދު ވިދާޅުވެއްޖެއެވެ.
އެހީ ބޭނުންވާ ފަރާތްތަކުން ގުޅާނެ ހޮޓްލައިން ނަންބަރަކީ 1425 އެވެ. ހޮޓްލައިންގެ ޚިދުމަތް ހުކުރު ނޫން ކޮންމެ ދުވަހަކު މެންދުރު 12 އިން ހަވީރު 5އަށް އަދި ރޭގަނޑު 8 އިން މެންދ 12އަށް ހޮޓްލައިންގެ ޚިދުމަތް ލިބޭނެއެވެ.
ހޮޓްލައިންގެ އިތުރުން އައިސީޕީއެއް ހަދާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވި ގޮތުގައި މިއީ ބިދޭސީންގެ ތެރެއިން އެމީހުން އުޅެމުން އައި ތަންތަން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާތީ އެމީހުންނަށް އެކި ކަހަލ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ގާއިމުކުރެވުނު ތަނެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ.
Our psychosocial support call center hotline 1425
From 1200 - 1700hrs & 2000 - 0000hrs, except Fridays. pic.twitter.com/UlbmsIsEJo
— Maldivian Red Crescent (@maldivianrc) April 26, 2020