ރާއްޖޭގައި ކޯވިޑް-19 ތިން ގޮތަކަށް ގިންތިކުރަން ފަށައިފި

ރާއްޖޭގައި ކޯޥިޑް-19 3 ގޮތަކަށް ގިންތިކުރަން ފަށާފައެވެ. މީގެ ކުރިން ދެގޮތަކަށް ގިންތި ކުރެވެމުން އައި ނަަމވެސް މިާޙރު ވަނި ތިން ގޮތަކަށް ގިންތި ކުރަން ފަށާފައެވެ.

މަބްރޫކު މިހެން ވިދާޅުވީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަލީގެ ކޭސްތައް ގިންތިކުރާ ގޮތާ ގުޅޭގޮތުން ދިން މައުލޫމާތު މީޑިއާއަށް އޮޅުން އަރާފައިވާތީ އެކަން ސާފުކޮށްދެއްވަމުންނެވެ. މަބްރޫކް ވިދާޅުވި ގޮތުގައި ކޭސްތައް ދެނެގަތުމާއި ގިންތިކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިންގަނޑުތަކެއް ގެންގުޅޭ ކަމަށެވެ. އެގޮތުން ރާއްޖެއިން މީހުން ބަހާލަނީ ތިން ގިންތިއަކަށް ކަމަށާއި އެ ތިން ގިންތިއަކީ ބައްޔަށް ޝައްކުކުރެވޭ (ސަސްޕެކްޓެޑް) ކޭސް، ބަލިހުރިކަން ކަށަވަރުވާ (ކޮންފާމްޑް) ކޭސް، އަދި ބަލި ޖެހިދާނެ (ޕްރޮބަބްލް) ކޭސް ކަމަށެވެ،

މިގޮތުން ފުރަތަމަ ގިންތިއަކީ ބައްޔަށް ޝައްކުވާ (ސަސްޕެކްޓް) ކޭހެވެ. ސަސްޕެކްޓް ކޭސް ތިން ގޮތަކަށް ދުނީޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައެވެ. ރާއްޖޭގައި ބައްޔަށް ޝާއުކުވާ މީހެއް ކަމުގައި ބަލަނީ ފކެއްސުން، ނޭވާލާން އުނދަގޫވުން، ނޭވާކުރުވުން ފަދަ ނޭވާ ލާ ނިޒާމުގެ ބައްޔެއް ހުންނަ މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ނުވަތަ  ބަލީގެ އަލާމާތްތައް ފެނުމުގެ ސާދަ ދުވަސްކުރިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނަމައެވެ. ދެވަނަ ގޮތަކީ އެމީހެއްގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނި ނުވަތަ ކޯވިޑް ޖެހިފައިވާ މީހަކާ ދިމާވި މީހަކަށް ވުމެވެ. ތިންވަނަ ގޮތަކީ އެމީހެއްގެ ކިބައިން ކޯވިޑް-19ގެ އަލާމާތްތައް ފެންނަ ނުވަތަ އެފަދ މީހަކާ ސިޑާ ދިމާވެފައި ހުރި މީހެއް ނަމައެވެ.

ދެވަނަ ގިންތިއަކީ ޓެސްޓުކުރުމަށް ފަހު ބަލި ހުރިކަން ކަށަވަރުކުރެވޭ ނުވަތ 'ކޮންފާމްޑް' ކޭހެވެ. އެއީ މީހަކު ޓެސްޓުކުރުމަށް ފަހު ކޮރޯނާ ހުރިތޯ ބަލަން ހަދާ ޓެސްޓުން ކޮރޯނާ ހުރި ކަމަށް ދެއްކުމުން ކޯޥިޑް ނަވާރަ އަށް ޓެސްޓުކޮށް އެ ޓެސްޓުގެ ނަތީޖާއިން އެ މީހަކަށް ބަލިޖެހިފައިވާ މީޙެއް ނަމައެވެ.  

ތިންވަނަ ގިންތިއަކީ ބަލިޖެހިދާނެ ކަމަށް ބެލެވޭ، (ޕްރޮބަބްލް) ކޭހެވެ. މިގޮތަށް ގިންތިކުރެވެނީ ބައްޔަށް ޓެސްޓުކޮށް، ކޮންމެވެސް ސަބަބަކާ ހުރެ ނަތީޖާއާ މެދު ވަކި ގޮތެއް ނުނިންމޭ (އިންކޮންކްލޫސިވް) ކޭހެވެ.ނުވަތަ ކޮންމެވެސް ސަބަބަކާ ހުރެ ޓެސްޓު ހަދާ ނުނިމޭ މީހުންނެވެ.

ރާއްޖޭގައި މިޙާތަނަށް ކޯވިޑް ގިންތި ކުރަމުން އައީ ފުރަތަމަ ދެ ގޮތަށެވެ. އެއީ ބައްޔަށް ޝައްކުކުރެވޭ 'ސަސްޕެކްޓެޑް' މީހުން އަދި ބައްޔަށް ޓެސްޓުކުރެވި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވާ މީހުންނެވެ. ނަމަވެސް މިހާރު ތިންވަނަ ގިންތީގައި ވެސް މިހާރު ދެމީހަކު ފާހަގަކުރެވިފައިވާތީ އެ ގޮތަށް ވެސް ބަލި މީހުން ގިންތިކުރަން ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.