ޒަރޫރީ ބޭނުމަށް ބޭރުގައި އުޅެވޭނީ ވަކި ސަރަޙައްދެއްގައި އެއްގަޑީއިރަށްކަމަށް ކަނޑައެޅުމަށް ފުލުހުން ނިންމަވައިފިއެވެ.
ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮންލައިންކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރ ޢަބްދުﷲ ފައިރޫޒް ވިދާޅުވީ 26 ޒޯނަކަށް ބަހައިލައިގެން ވަކި ވަގުތަކަށް ހުއްދަ ދެއްދުވުމަށް ނިންމެވި މަގައިޑު މަޤްޞަދަކީ މަގުމަތީގައި އުޅޭ މީހުންގެ ޢަދަދު މަދުކުރުންކަމަށެވެ. އަދި އެއްފަހަރާ ނުކުމެ އުޅޭ މީހުންހެ ޢަދަދު މަދުކުރުން ކަމަށެވެ. އޭގެ އިތުރުން ކޮންޓެކް މަދުކުރެވި ފަހުން އެމީހަކު އުޅުނު ތަންތަން ބަލާލަން ބޭނުންވިއަސް ސިސްޓަމުގެ ތެރެއިން އެނގެން އޮތުމެވެ.
މާދަމާ ޢަމަލުކުރަން ފަށާ އުޞޫލުގެ ދަށުން ލޮކްޑައުން ހާލަތުގައި މާލޭގެ ކޮންމެ ގެއަކަށް ވެސް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެއެވެ. އެއީ ކަންމަތީ ފިހާރަށް އަށް ގޮސް ބޭނުންވާ ތަކެތި ގަނެލެވޭނެހާ ވަގުތުކަމަށް ފައިރޫޒް ފާހަގަ ކުރެއްވިއެވެ. އާއުޞޫލުގެ ދަށުން ހުއްދައަށް އެދުމުގެ ފުރުޞަތު މާދަމާ ފުލުހުން ހުޅުވާލައްވާނެއެވެ. އަލަށް ގެނައި ބަދަލާ ގުޅިގެން އާއްމު ފަރާތްތަކުގެ މުވައްޒަފުންނަށް ވެސް ހުއްދަ ދެއްވާނީ ޑިއުޓީ ޝެޑިއުލަށް ބައްލަވައިގެންނެވެ.
ލޮކްޑައުންގެ ޙާލަތުގައި މިހާތަނަށް ދިވެހިންގެ ފަރާތުން ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ދިމާވެފައި ނުވާކަމަށް ވެސް ފައިރޫޒް ވިދާޅުވިއެވެ. މިހާތަނަށް 62 ބިދޭސީއަކު ފުލިހުންހެ ބެލުމުގެ ދަށަށްގެނެދެވިފައިވާކަމަށް ފައިރޫޒް ވިދާޅުވިއެވެ. ލޮކްޑައުން ޙާލަތުގައި ޤާނޫނީ ގޮތުން އެޅެން އޮތީ ދެފިޔަވަޅުކަމަށް ވެސް ފައިރޫޒް ވިދާޅުވިއެވެ. ފުރަތަމަ ކަމަކީ ޖުރިމަނާ ކުރުމެވެ. ދެވަނަ ފިޔަވަޅަކީ ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން އެމީހެއްގެ މައްޗައް ދައުވާ ކުރުމެވެ.
ކުއްލިއަކަށް ލޮކްޑައުން އަކަށް ދިއުމުން ކުރިއަށް ގެންދެވީ ކޮންމެވެސް ވަރަކަށް ލުއިތަކެއް ދެއްވައިގެން އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވިއެވެ. ފިޔަވަޅު އެޅުމުހގައިވެސް ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެދެވިފައިވަނީ ހައްޔަރު ކުރުމުގެ މަޤްޞަދަކު ނޫންކަމަށް ވިދާޅުވިއެވެ.
"މާލޭގެ ހާލަތަކީ ހުރިހާ އެންމެންނަކީ ގެތައް ހުރެގެން ވަންނާނެ ތަނެއް ހުރެގެން އުޅޭ ބައެއް ނޫން. އެބަ ތިބި އުޅޭނެ ތަނެއް ނަތި މާރުކޭޓް ސަރަޙައްދުގައި ކާރޑްބޯރޑް ކަރުދާސް ތަކެއް އަތުރައުލައިގެން ނިދާ ބަޔަކުވެސް މިހެންތިބި ،މި މީސް މީހުންނަށް ސަރުކާރުގެ ކަމާބެހޭ ނިޒާމުގެ ތެރެއިން ދަނީ އެޓެންޑް ކުރަމުން" ފައިރޫޒް ވިދާޅުވިއެވެ.