އަނެއްކާވެސް ކޮރޯނާވައިރަހަށް ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ އެރިޔަދޫ ކަރަންޓީނު ފެސިލިޓީގައި ހުރި މީހެކެވެ. މި މީހާ ރާއްޖެ އައިސްފައިވަނީ ފިލިޕީންސް އިންނެވެ. އެޗްޕީއޭއިން މިހާރު ގެންދަނީ އެމީހާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި މީހާ ހިމެނޭ ގޮތަށް މިހާތަނަށް ޖުމުލަ ފަސް ދިވެއްސަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.