ކޮރޯނާވައިރަސް ފެރުތުރިގެން ހިނގައިދާނޭ ކަމަށް އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި އިއުލާނުކުރި ސިއްހީ ކުއްލި ހާލަތުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މިހާރު އޮތް ކުއްލި ހާލަތުގެ މުއްދަތު ހަމަވާނީ މި މަހުގެ 12 ވަނަ ދުވަހަށެވެ.
ސިއްހީ ކުއްލި ހާލަތަކީ ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އެފަދަ ހާލަތެއް ފެނިވަޑައިގެން ލަފާފުޅު އެރުއްވީމާ މިނިސްޓަރ އޮފް ހެލްތު އިއުލާނު ކުރައްވާ ހާލަތެކެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރައްވަން ނިންމެވީ އަދިވެސް ރާއްޖޭގައި ކޮވިޚް-19 ފެތުރިދާނޭ ކަމުގެ ބިރު އޮތް ކަމަށް ޕަބްލިކް ހެލްތު ޑީޖީއަށް ފެނިވަޑައިގަންނަވާތީ އެ ލަފާފުޅު މިނިސްޓަރ އޮފް ހެލްތަށް އެރުއްވީމައެވެ.
ހެލްތު މިނިސްޓަރު މީގެ ކުރިންވެސް ވަނީ ރާއްޖެ އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމުގައި ވިދާޅުވެފައެވެ. ވިލީ ފެތުރުމެއްގެ ބިރުވެރިކަން އަދިވެސް ފިލައިގެންނެއް ނުދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.