ފިޔާ، ބިސް، މުގު އަދި އަލުވި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޔާ، މުގު، އަލުވި، އަދި ކުކުޅު ބިސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި އިނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީން އިއުލާން ކުރައްވައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައިވަނީ އެ އަގުތައް ކޮންމެ ހަފްތާއަކު ރިވައިޒް ކުރަމުން ގެންދަވާނެ ކަމަށެވެ. އެ އިއުލާންގައި ވާގޮތުން އަން ހޯމަ ދުވަހުން ފެށިގެން އާދައިގެ ރަތް ފިޔާ ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށެވެ. އާދައިގެ އަލުވި ކިލޯއެއް ވެސް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާއެވެ. އާދައިގެ ރީނދޫ މުގު ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 45 ރުފިޔާއެވެ. ހުދު ކުކުޅު ބިސް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ރުފިޔާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި އެންގެވުމާ ޚިލާފުވާ ފިޔަފާރިތައް ފުރަތަމަ ފަހަރު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރައްވާނެ ކަމަށް ވެސް މިނިސްޓްރީ ވިދާޅުވެފައިވެއެވެ. އަދި ތަކުރާރު ކޮރާ ކޮންމެ ފަހަރަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށް 6 މަހަށްވުރެ ދިގުނޫން މުއްދަތަކަށް އެފިޔަފާރިއެއްކުރާ ތަން ބަންދުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިނިސްޓްރީން މިފިޔަވަޅު އެޅުއްވީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތުހުރި ގޮތުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންކަމުގައި ވާނަމަ އެމިނިސްޓްރީގެ އީމެއިލް consumer@trade.gov.mv އަށް މެއިލް ކޮށްގެން ސާފު ކުރުމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.