ފަންސަވީސް މީހުންނާއެކު ދަތުރު ކުރަމުންއައި ބާދުޝާހު ބޯޓުގެ އިންޖީން ހުއްޓިއްޖެ

ހދ. ކުޅުދުއްފުށީ ބާދުޝާހު ބޯޓޫ: ފޯޓު ކުޅުދުއްފުށީއޮންލައިން

ބާދުޝާހު ނަމަކަށްކިޔާ ބޯޓެއްގެ އިންޖީން ހުއްޓިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސިފައިން އެބޯޓަށް އެހީތެރިވާން ފަށައިފިއެވެ.

 އެމްއެންޑީއެފުން ވިދާޅުވީ އެބޯޓަކީ ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރު ކުރަމުންއައި ބޯޓެއް ކަމަށެވެ. ބޯޓުގެ އިންޖީން ހުއްޓިފައިވަނީ މާލެއަތޮޅު އުތުރުން 4 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.

ބޯޓުގެ އިންޖީން ހުއްޓިފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 3:15 އެހައިކަންހާއިރު ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

ބޯޓުގައި 25 މީހުން އެބަތި ކަމަށްވެސް އޭނާ ޢާޒިމް ވަނީ ވިދާޅުވެފައެވެ.ބާދުޝާހު ބޯޓުގައި ތިބި މީހުން މިހާރުވަނީ މާލޭ ގެނެސްފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން އެމީހުން މާލެ ގެނެސްފައިވަނީ މިއަދު 11:00 އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.