ކޮވިޑް-19: ލޮކްޑައުން ކުރާ ރަށްރަށުގައި ވެސް ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގައިފި

އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރާ ރަށްރަށުގައި ވެސް ފަރުޟު ފަސްނަމާދާއި ހުކުރު ނަމާދު ނުކުރުމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން މިއަދު އަންގައިފިއެވެ. އެރަށްރަށުގައި އެގޮތަށް އަމަލު ކުރަންޖެހެނީ ލޮކްޑައުންގެ މުއްދަތު ދެމިއޮތްހާ ހިނދަކުއެވެ.

އެ މިނިސްޓްރީން މިކަން އަންގަވާފައިވަނީ މިމަހު 18 ވަނަ ދުވަހުން ފެށިގެން މާލެއާއި، ހުޅުމާލެއާއި ވިލިމާލެއާއި، ހުރިހާ ރިސޯޓުތަކެއްގައި ފަރުޟު ފަސް ނަމާދާއި، ހުކުރު ނަމާދު ޖަމާއަތުގައި ނުކުރުމަށް އަންގާފައިވާ އެންގުމުގެ މުއްދަތު އިތުރުކޮށް އެންގެވި އެންގުވުމުގައެވެ.

އެމިނިސްޓްރީން މިހާރު އަންގަވާފައިވަނީ މިނިސްޓްރީންގެ އެ ނިންމެވުން އެޕްރީލް 4 ވަނަ ދުވަހުގެ ޢަސްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށެވެ. މިނިސްޓްރީން ވިދާޅުވެފައިވަނީ މިހާލަތުގައި އެންމެންވެސް ނަމާދު ކުރަންވާނީ ގޭގައި ކަމަށެވެ. މިސްކިތުގައި ނަމާދު ނުކުރެވުނަސް ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް އަދާކުރުމަށްފަހު އިސްތިޣުފާރު ކުރުމާއި ދުޢާ ކުރުންގިނަ ކުރުމަށް މިނިސްޓްރީންވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކޮރޯނާ ވައިރަސްއިން ސަލާމާތްވުމަށްޓަކައި ކަމާބެހޭ ފަރާތްކުންދޭ އިރުޝާދުތައް ރަނގަޅަށް އަޑުއަހައި އެކަންކަމަށް ފުރިހަމައަށް އަމަލުކުރުމަށްވެސް މިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.