![velidhoo kunikoshi](https://aafathis.mv/wp-content/uploads/2020/01/velidhoo-kunikoshi-678x381.jpg)
ނ. ވެލިދޫ ކުނިކޮށީގައި ރޭ އަލިފާން ރޯކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 2:15 އެހައިކަންއިރު ކަމަށެވެ.
ފުލުހުންނަށް އެ ރިޕޯޓު ލިބުމާއެކު ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރުވަނީ ނިއްވާލައިފައެވެ.
މި ކަމާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަވަނީ ބަލަމުންނެވެ. އެހެންނަމަވެސް މިއީ ކޮންބަޔަކު ކުރިކަމެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ބަންދު ކޮށްފައެއް ވެސް ނުވެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގެ ޗަސްބިމާއި ކުނިކޮށި ފަދަ ތަންތަނުގައި ދޭތެރެދޭތެރެއިން ރޯކުރުމަކީ އާންމުވަމުން އަންނަ ކަންކަމެވެ.