ރޭޕިސްޓުންނަށް ހައްގު އަދަބުދޭން ރައީސް އެދިވަޑައިގެންފި

ރޭޕިސްޓުންނަށް ހައްގު އަދަބު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ކަމާ ބެހޭ މުވައައްސަސާތަކުގެ އިސްވެރިންނާއެކު މުލިއާގެގައި ބޭއްވި ބައްދަލުރެއްވުމުގައެވެ.

ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު ރޭޕް ކުރިމައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އަދިވެސް ކަމާބެހޭ ދާއިރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ވަނީ ތުއްތު ކުއްޖާއަށް ފަރުވާ ދިނުމާއި ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ތުއްތު ކުއްޖާއަށް އަނިޔާދިން މީހުންގެ މައްސަލަ ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހު ހައްގު އަދަބު ދިނުމަށް އެދިވަޑައިގެންފައެވެ. ރައީސް ވަނީ ތުއްތު ކުއްޖާއަށް އަނިޔާދިން މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.