ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ގޮނޑިތައް ރިޒާވް ކޮށްފައިވާގޮތް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ރިޒާވް ކުރެއްވީ ކައުންސިލްތަކުގެ މެމްބަރުންގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވުމުންނެވެ. މަޖިލީހުންވަނީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުވެސް ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާނެ ތާރީޚުވެސް ކަނޑައަޅުއްވައިފައެވެ. އިންތިޚާބު ބާއްވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
އީސީން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީކައުންސިލުން 6 އަންހެނުންނަށް ފުރުސަތު ލިބޭނެ ކަމަށެވެ. އައްޑޫ ސިޓީކައުންސިލުން 4 އަންހެނުންނަށް ފުރުސަތު ލިބޭނެއެވެ. އަދި ފުވައްމުލަކު ސިޓީކައުންސިލުން ފުރުސަތު ލިބޭނީ 2 އަންހެނުންނަށެވެ. މިގޮތަށް ނިންމާފައިވަނީ އާބާދީއަށް ބެލުމަށްފަހުއެވެ. އާބާދީގެ ތިންހާހުން ދަށްރަށްރަށުގެ ކައުންސިލްތަކަށް ވަނީ އަންހެނުންނަށް 2 ގޮނޑި ޚާއްސަ ކޮށްފައެވެ. އާބާދީއެއަށްވުރެ އިތުރުނަމަ ވަނީ 3 ގޮނޑި ޚާއްސަކޮށްފައެވެ.
މިގޮތަށް ލިމިޓު ކުރުމުން ބައެއް ފަރާތްތަކުން ވަނީ ހަމަހަމަކަން ގެއްލޭ ކަމަށް ބުނެ ފާޑުކިޔަން ފަށައިފައެވެ. ކުރިން އޮތްގޮތަށް އޮތުމުން ދެޖިންސަށް ވެސް އެއްވަރުގެ ފުރުސަތު ހުޅުވިފައިވާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުޅުވެފައިވަނީ މިއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.
Anhenunney kiyaafa vaki insaththa eh vaajibu kohdheykah nujehey..kurimathi laan jeheynee.dhe jinsuge hama hama kamah dhauvaa kuraa zamaanegga varah hevvaa kameh thee.hamahama nuvaaneka saabithuvileh dhera?anhenun hevifa thibey
GAANOONAA KILAAFU KAN KAN KURAN MDP VES DHAS OHFFI THIKAN THIHEN KURUMUM QAUMUGAI HAMANUGEHUN ITHURU VAANE KAMAAMEDHU SAHKEH NETHE THIKAN KUREE MAAVES VAANE GOI EGIGEN DHAANE.