ޓީއެފްޖީން މިއަހަރު އައްޑޫގައިވާ މިފަހަރު "ކޮކާކޯލާ ރަން އިން އައްޑޫ 2019" ކެނެޑާގެ މަޝްހޫރު ދުވުންތެރިއެއް ކަމަށްވާ މިކަލް ކެޕްރަލް ބައިވެރިވާނެ ކަމަށް ޓީއެފްޖީން ބުނެފިއެވެ.
ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ޓީއެފްޖީން ބުނެފައިވަނީ އޭނާއަކީ ދުވާއިރު ބޯޅަތަކެއް އަތުން ޖަގަލް ކުރަމުން ދުވާ މީހެއް ކަމަށެވެ. މި ރަން އޮންނާނީ މިއަހަރު އޮކްޓޯބަރު 4 އިން 5 އަށެވެ. މި ދުވުމުގައި މިކަލް ކެޕްރަލް ފަސް ބޯޅަ ޖަގަލް ކުރަމުން 10 ކިލޯ މީޓަރުގެ އެންމެ އަވަހަށް ދުވި މީހާގެ ރެކޯޑު ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޓީއެފްޖީން ވަނީ ބުނެފައެވެ.
މީގެ ކުރިން މިކަލް ކެޕްރަލް ވަނީ އޖަގަލް ކުރަމުން ހާފް މެރެތަންއެއް 1 ގަޑި އިރާއި 20 މިނިޓް 40 ސިކުންތުން ނިންމައިފައެވެ. އަދި ފުލް މެރަތަންއެއް 2 ގަޑި އިރާއި 50 މިނިޓް 12 ސިކުންތުން ނިންމައި އޭނާވަނީ ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފައެވެ. އަދަޔާ ޚިލާފު ދުވުންތެރިއެކެވެ. ހުއްޓިގެން ހުރެވެސް ޖަގަލް ކުރުމަކީ ފަސޭހަކަމެއްނޫނެވެ.
މިފަހަރުގެ ރަންގައި އެންމެ ބޮޑު ތަފާތަކަށް ފެނިގެންދާނީ މިކަލް ކެޕްރަލް އެވެ. މިދުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމަށް މިހާރުވަނީ ފުރުސަތު ހުޅުވާލައިފައެވެ.