![Shidhatha with gun](https://aafathis.mv/wp-content/uploads/2019/07/Shidhatha-with-gun-678x381.jpg)
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްޝިދާތާ ޝަރީފް ބަޑިއެއް (ޝޮޓް ގަން) އެއް ގެން ގުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރުވަމުންދާ ފޯޓޯގައި ފެންނަނީ ބަޑިއެއް ނޫން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެ ފޮޓޯ ސޯޝަލްމީޑިއާގައި ފަތުރަމުން ގެންދަނީ ޙަޤީޤަތް އޮޅޭ ގޮތަށް ކަމަށެވެ. "ދައުރުވަމުންދާ ފޮޓޯގައި އެވަނީ ގްރައުންޑް ގޮލްފް ރާއްޖެއަށް ތަޢާރަފް ކުރުމުގެ ގޮތުން ޖަޕާނުގެ ޔުރިހަމާ ޓައުންގެ މޭޔަރ މިނިސްޓަރ ޝިދާތާއަށް އެރުވި ގްރައުންޑް ގޮލްފް ކުލަބުގެ ފޮޓޯއެއް،" އެ ފޮޓޯގެ ޙަޤީގަތް ހާމަ ކޮށް ދެއްވަމުން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެއީ ޝޮޓް ގަން އެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައިވަނީ މިނިސްޓަރ ޝިދާތާ އަޒުލް ކުރުމަށް ގޮވާލައިފައެވެ. އަދި މިނިސްޓަރ ގެ މައްޗަށް ޝަރީޢަތް ހިންގުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ބާރުތަކަށް ވެސް ވަނީ ގޮވާލައިފައެވެ.