ހޮނިހިރު ދުވަހު ޙައްޖުވެރިން އެނބުރި އަންނަން ފަށާނެ!

މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖާޖީން ހޮނިހިރުދުވަހު އެނބުރި ރާއްޖެއަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވަނީ އަންނަ ހޮނިހިރުދުވަހުންފެށިގެން މިމަހުގެ 24 ވާ ހޮނިހިރުދުވަހާހަމައަށް ޙައްޖާޖީން ސައުދީޢަރަބިއްޔާއިން އެނބުރި ރާއްޖެއަށް އަންނަމުންދާނެކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.
މިއަހަރު ރާއްޖެއިން ޖުމުލަ 2000 މީހުން ޙައްޖަށް ދިޔައެވެ. އޭގެތެރޭގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ދިޔަ 1000 މީހުންނާއި އެހެން ބައެއް ޖަމާޢަތްތަކުގެ ބެލުމުގެ ދަށުން ދިޔަ 1000 މީހުންނެވެ.
މިއަހަރު ޙައްޖަށް ގޮސްހުރި ދިވެއްސަކު ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންކަމަށް ޚަބަރުލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.