ބޮޑު ޖަމާޢަތުން ދައްކުވައިދެނީ އެއްބައިވަންތަކަން - ޚުޠުބާ

މާލޭގައި މިއަދު ބޮޑުޖަމާޢާތުގައި ކުރި ޢީދުނަމާދުގެ ތެރެއިން ފޮޓޯ:އާފަތިސް

ނަމާދަށް ހެދޭ ބޮޑު ޖަމާޢަތްތަކުން ދައްކުވައިދެނީ މުސްލިމުންގެ އެއްބައިވަންތަކަމާއި ބާރުކަމަށާ، ނާމާދުގެ ޖަމާޢަތްތައް ބޮޑުކުރުމަށް ޢީދު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި މިއަދު އަޟްހާ ޢީދުނަމާދުކޮށްފައިވާއިރު، ވަރަށްގިނަ ރަށްރަށުގައި ޢީދުނަމާދުކުރީ ހާމަ މައިދާނުގައި ބޮޑުޖަމާޢަތުގައެވެ. މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދުނަމާދުކުރީ މާފަންނު ސްޓޭޑިއަމްގައެވެ. ދެޖިންސުގެ ކުދިބޮޑު އެތައް ސަތޭކަބަޔަކު ވަނީ އެސަރތަޙައްދަށް ޢީދުނަމާދަށް ޖަމާވެފައެވެ.

މާލޭގައި މިއަދުކުރި ޢީދުނަމާދުގެ ބޮޑުޖަމާޢަތުގެ ތެރެއިން ފޮޓޯ:އާފަތިސް
މާލޭގައި މިއަދުކުރި ޢީދުނަމާދުގެ ބޮޑުޖަމާޢަތުގެ ތެރެއިން ފޮޓޯ:އާފަތިސް

މިއަދުގެ ޢީދު ޚުޠުބާގައިވަނީ ނަމާދަށް ހެދޭ ބޮޕޑެތި ޖަމާޢަތްތަކުގެމައްޗަށް ބައްލަވާލައްވާފައެވެ. އެގޮތުން ފަރުޟުނަމާދަށް ހެދޭ  ޖަމާޢަތްތަކާއި، އެއަށްވުރެ ބޮޑުކޮށް ހެދޭ ހުކުރުނަމާދުގެ ޖަމާޢަތާއި، އެއަށްވުރެ ގިނަޢަދަދެއްގެ މީހުން ޖަމާވެގެން ހެދޭ ޢީދުނަމާދުގެ ޖަމާޢަތާއި، އެތައް މިލިއަން މީހުން އެއްވެގެން ހެދޭ ޙައްޖުގެ ޖަމާޢަތާއި އޭގެ ޙިކުމަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މާލޭގެ ބޮޑުޖަަމާޢަތަށް ހާޒިރުވި މީހުން ޢީދުނަމާދަށްފަހު އެނބުރި ދަނީ ފޮޓޯ:އާފަތިސް
މާލޭގެ ބޮޑުޖަަމާޢަތަށް ހާޒިރުވި މީހުން ޢީދުނަމާދަށްފަހު އެނބުރި ދަނީ ފޮޓޯ:އާފަތިސް

މިފަދަ ބޮޑެތި ޖަމާޢަތްތަކުގެ މަޤުސަދަކީ އިސްލާމުންގެ އެއްބައިވަންތަކަން ހާމަކޮށް ދެމެހެއްޓުންކަމަށާ، މިއީ މުސްލިމުންގެ ބާރު ދައްކުވައިދޭ ރަމްޒެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އެހެންކަމުން އެއްބައިވަންތަކަމާއި އެކުވެރިކަން އިސްލާމީ އުންމަތުގައި ޤާއިމުކޮށް މިކަން އަލުން ދިރުވަންޖެހޭކަމަށް ޚުޠުބަގައި ގޮވާލެއްވިއެވެ. އަދި ޢީދުގެ އުފާވެރި މުނަސަބަތުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި އުފާފާޅުކުރުމާއި، އެ އުފަލުގައި އެންމެން ޝާމިލްކުރުމަށްވެސް ގޮވާލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.