ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕްގެ ސެމީފައިނަލުގެ ފުރަތަމަ ދެ ޖާގައަށް ޓީމްތައް ހޮވިއްޖެއެވެ. ސެމީގެ ފުރަތަމަ ދެ ޖާގަ ކަށަވަރު ކޮށްފައިވަނީ އެފްސީ ބޭރުމައްޗާއި، އެފްސީ ޒެފިއާއެވެ.
ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ޒިލޯންއާއި އެންމެފަހުގެ ދެ އަހަރުގެ ޗެމްޕިއަން އެފްސީ ބޭރުމަތި އެވެ. މިމެޗު 5-2 އިން މޮޅުވެ ބޭރުމަތި ވަނީ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ.
އެފްސީ ބޭރުމަތީގެ 5 ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދީފައިވަނީ އިބްރާހީމް މުބީން އަޙުމަދެވެ. އަނެއް ތިންލަޑު ޖަހައިދިނީ އަޙުމަދު ނާޝިދާއި، ޙަސަން މިރާޙުއާއި، ޢަލީ ހާފިޒެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ބޭރުމަތީގެ ޖާޒީނަމްބަރު 9 ޢަލީ ޙާޝިމެވެ.
ޒެފިއާ ސެމީން ޖާގައެއް ކަށަވަރުކުރީ ކުއާޓަރގެ ދެވަނަ މެޗުގައި ކުލަބު ސްކަވެންޖާސް އާ ބައްދަލު ކޮށް ދެ ލަނޑު އެއްލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ބަލާހިތްވި ކަހަލަ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުލަބު ސްކަވެންޖާސް އެވެ. އެ ލަނޑު ޖަހައިދީފައިވަނީ އެ ޓީމުގެ ޖާޒީ ނަމްބަރ 9 ޢަލީ ޟިރުޣާމެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ޒެފިއާއަށް މަޖުބޫރުވީ މެޗުން މޮޅުވަން އިތުރަށް މަސައްކަތް ކުރުމަށެވެ. އެ ކުރިމަ މަސައްކަތުން އެޓީމުގެ ފުރަތަމަ ލަނޑުޖަހައި ނަތީޖާ އެއްވަރުކޮށްދިނީ ޒެފިއާގެ ޖާޒީ ނަމްބަރ 30 ޙަސަން ރާއިފް އަޙުމަދެވެ. މިލަނޑަށްފަހު ދެޓީމުން ވެސް ހަމަލާތައް އިތުރުކޮށް މެޗުން މޮޅުވާން މަސައްކަތް ފެށިގެއެވެ. އިން ސްކަވެންޖާސް ލީޑުގައި އޮވެގެންނެވެ. ފަހު ހާފު ފަށައިގެން ދެޓީމުން ވެސް މަސައްކަތް ކުރަމުންދިޔައީ އިތުރު ލަނޑެއް ޖެހުމަށެވެ. އެހެންނަމަވެސް އެޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޙަސަން ރާއިފް ރާއިފް އަޙުމަދު ވަނީ ފަހު ހާފުގެ ފަހު ސިކުންތު ކޮޅުގައި އިތުރު ލަނޑެއް ޖަހައި ޒެފިއާ ސެމީފައިނަލް ކަށަވަރު ކޮށްދީފައެވެ. މި މެޗުގެ މޭން އޮފްދަ މެޗަކަށްވެސް ހޮވުނީ އޭނާއެވެ.
މާދަމާރޭ ވެސް ކުއާޓަރފައިލަންގެ ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔަންގްވަންސް އަދި މާކަރީ ޔުނައިޓެޑެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބާއި، އެފްސީ ސްކޫޕް ކަންމައްޗެވެ.