ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު މީހަކު އަތުލައިގެންފި

Hulhumale

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ 08:30 ހާއިރު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށެވެ.

އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އޭނާ އުޅެމުންދާ ކޮޓަރީ އެނދުގެ އަރިމަތީ ކަބަޑުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ސެލޯފިންކޮޅު ފެނިފައިވާއިރު އެކޮޓަރީގައި ހުރި ސީޕީޔޫގެ ތެރެއިން ފެނުނު ޖެލް ދަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 28 ސެލޯފިންކޮޅު ފެނިފައިވެއެވެ.  އަދި އެސީޕީޔޫ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާއިރު އެކޮޓަރީގެ ހުރި އިތުރު ސީޕީޔޫގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި އެކޮޓަރީގެ އަލަމާރިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައި ތައްޔާރުކޮށްފައިވާ ބިޑިއެއް ފެނިފައިވެއެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.