ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ހުޅުމާލޭ ވަގުތީ މިސްކިތް ސަރަހައްދު : މަގުމަތީގެ ކާރޫބާރޫދަނީ ބޮޑުވަމުން ފޮޓޯ: އާފަތިސް އޮންލައިން
ހުޅުމާލޭ ވަގުތީ މިސްކިތް ސަރަހައްދު : މަގުމަތީގެ ކާރޫބާރޫދަނީ ބޮޑުވަމުން ފޮޓޯ: އާފަތިސް އޮންލައިން
ހުޅުމާލޭ ވަގުތީ މިސްކިތް ސަރަހައްދު : މަގުމަތީގެ ކާރޫބާރޫދަނީ ބޮޑުވަމުން ފޮޓޯ: އާފަތިސް އޮންލައިން

ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އަންހެނަކު މަރުވެއްޖެއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވި މި އަންހެން މީހާއަކީ އުމުރުން 28 އަހަރުގެ  މީހެކެވެ. ރޭ 11:35 ހާއިރު ހުޅުމާލޭގައި މިއެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. މިޙާދިސާގައި ދެމީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ. މަރުވި އަންހެންމީހާއަކީ އޭގެތެރެއިން އެކަކެވެ. މި އެކްސިޑެންޓުގައި ސީރިއަސް ޒަޚަމްތަކެއް ވި އަނެއް މީހާއަކީ އެކްސިޑެންޓުވީ ސައިކަލު ދުއްވަން އިން ސައިކަލު ދުއްވަން އިން ޢުމުރުން 35 އަހަރުގެ ފިރިހެން މީހާ އަށެވެ. ޒަކަމްވި ދެމީހުންނަށް ރޭ ހުޅުމާލޭ ހޮސްޕިޓަލުން ވަގުތުން ފަރުވާދިނެވެ. އަދި ފަހުންވަނީ އެދެމީހުން މާލެގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭންފަށާފައެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވީ، ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ އެޗުޑީސީގެ ނާސަރީ ކުރިމަތިން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއްގައި، އޭގެ ފަހަތުން އައި ކާރަކުން ޖެހިގެންނެވެ.އަނިޔާވީ ސައިކަލުގައި ތިބި ދެމީހުންނަށެވެ. މަރުވީ ސައިކަލުގެ ފަހަތު ސީޓުގައި އިން އަންހެންމީހާއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.