ހުސްނުއްސުއޫދުގެ މައްސަލަ ބައްލަވަން ސުޕްރީމް ކޯޓުން ނިންމަވައިފި

އަލްއުސްތާޒު ޙުސުނުއްސުއޫދު: ފޮޓޯ ސަން

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރިގްރާމުގައި ރޭ ދެއްކެވި ވާހަކައަކާ ގުޅިގެން ރާއްޖޭގެ ކުރީގެ ބަންޑާރަނާއިބު ހުސްނުއްސުއޫދުގެ މައްސަލަ ބައްލަވަން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރޭގެ ޕްރޮގްރާމުގައި ސުއޫދު ވާހަކަ ދައްކަވައިފައިވަނީ ރާއްޖޭގެ ޝަރުޢީދާއިރާ ބެހޭ ގޮތުންނެވެ. ސުޕްރީމް ކޯޓުން އެމައްސަލަ ބައްލަވަނީ "ކޯޓު ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން،" ނެވެ.

ރާއްޖެ ޓީވީގައި ދެއްކެވި ވާހަކައިގައި ސުއޫދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށެވެ. އެހެން ކަމުން ހުރިހާ ފަނޑިޔާރުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ވާހަކަތައް ދައްކަވައިގެން މީގެ ކުރިން ވެސް ވަނީ އޭނާއާ މެދު ފިޔަވަޅު އަޅުއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.