ލ. ފޮނަދުއަށް ނަގޫ ރޯޅިއެއް އަރައި ގެއްލުންވެއްޖެ

ލ. ފޮނަދުއަށް ނަގޫ ރޯޅިއެއެއް އެރުން: ފޮޓ ޕޮލިސް

ރޭ ފަތިހު 4:20 އެހައިކަންހާރު ލ. ފޮނަދުއަށް ނަގޫ ރޯޅިއެއް އަރައި ގެއްލުން ވެއްޖެއެވެ.

މި ޙާދިސާގައި ބައެއް ގެތަތުގެ ފުރާޅުވަނީ އެއްލާލައިފައެވެ. އޭގެ އިތުރަށް އެރަށުން ވަނީ ބައެއް ގަސްގަހާގެހި ވެރިފައެވެ. އެރަށުގައި މީހުން ދިރިއުޅޭ 9 ގެއެއްގެ ފުރާޅުވަނީ އެއްލާލައިފައެވެ. "ފުރާޅުތަކުގެ މައްޗަށް ބޮޑެތި ގަސްތައް ވެއްޓި ބޮޑެތި ގެއްލުން ވެފައިވޭ،" ފުލުހުން ވިދާޅުވިއެވެ.

މިޙާދިސާގައި ވަނީ ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗަކަށް ވެސް އެކިވަރުގެ ގެއްލުން ވެފައެވެ. އަދި ފަޅު ގޯއްޗެއްގެ ފާރު ވެސް ވަނީ ވެއްޓިފައެވެ. މި ޙާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ގެއްލުން ލިބުނު ގޭގެއަށް އެހީވުމަށްޓަކައި ފުލުހުންނާއި އެމްއެންޑީއެފާއި އެރަށު ކައުންސިލް ގުޅިގެން މިހާރު ގެންދަނީ ރަށުތެރޭގައި ޙަރަކާތްތެރި ވަމުންނެވެ.

ރޭގެ ވިއްސާރައިގައި ލ. ހިތަދޫ ގެއެއްގެ ފުރާޅުވެސް ވަނީ އެއްލާލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.