މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު މީހަކު އަތުލައިގެންފި

image-0-02-01-35ed79b44024f7901e9ea25a9944bde5c62d378d83cb9ae43e25261d5f79fbc2-V

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް މިމީހާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެންނެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ގަމީހުގެ ކުރިމަތީ ޖީބުން ފެނުނު ދެ ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކެއް ފެނިފައިވެއެވެ.

އެގޮތުން އޭނާގެ ޖީބުން ފެނުނު އެއް ރަބަރު ޕެކެޓްތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނިފައިވާއިރު އޭނާގެ ޖީބުން ފެނުނު ދެވަނަ ރަބަރު ޕެކެޓް ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.