އިންޑިއާގައި ކުރިއަށްދާ އަންހެނުންނާބެހޭ ކޮންފަރެންސެއްގައި އެމް.ޑަބްލިޔު.ސީ.ސީ ބައިވެރިވެއްޖެ

ސައުތު އޭޝިޔާ ވިމެންސް ޑިވެލޮޕްމެންޓް ފޯރަމުން އިންތިޒާމު ކޮށްގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ގެންދާ ހަތްވަނަ ފައުންޑޭޝަން ނާޗަރިން އިނޮވޭޝަން އެމްޕަވަރިން ކޮންފަރެންސްގައި ވޯލްޑިވިއަން ވިމެންސް ޗެމްބަރ އޮފް ކޮމާސް (އެމް.ޑަބްލިޔު.ސީ.ސީ) އިން ބައިވެރިވެއްޖެއެވެ.

އެމް.ޑަބްލިޔު.ސީ.ސީ ގެ ފަރާތުން އެ ފޯރަމުގައި ބައިވެރިވަމުން ގެންދަވަނީ 5 ބޭފުޅުންގެ މައްޗަށް އެކުލެވިގެން ވާ ވަފުދެކެވެ. އެ ވަފުދުގެ އިސްބޭފުޅަކަށް އިންނެވީ އެމް.ޑަބްލިޔު.ސީ.ސީ ގެ ރައީސާ ސީޒާ އިމާދެވެ. މާރިޗު 19 އިން 20 އަށް ކުރިއަށްދާ މި ކޮންފަރެންސް ކުރިއަށްދަނީ  ފުޑު އެންޑް ޓެކްނޮލޮޖީގެ ވޯކުޝޮޕް ތަކާ ވެސް އެކގައެވެ.

މި ކޮންފަރެންސްގައި ވަނީ ވިޔަފާރީގެ ރޮނގުން އަންހެނުން މިހާރަށްވުރެ ބާރުވެރި ކުރުވައި  އެމީހުންގެ ދައުރު ފުޅާކޮށް ކުރުމާބެހޭ ގޮތުން މަޝްވަރާއާއި މަސައްކަތް ކޮށްފައި ކަމަށް ކޮންފަރެންސުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.