ޠާލިބާނުންގެ ޕާކިސްތާނު ލީޑަރު މަރާލައިފި

BN-OX121_PAKDRO_M_20160713155936

ޕާކިސްތާނުގައި ޙަރަކާތްތެރިވަމުންދާ ޠާލިބާން ލީޑަރު، އެމެރިކާއިން މަރާލައިފިއެވެ.

އޭނާ މަރާލާފައިވަނީ އަފްޣާނިސްތާނުގައި ޠާލިބާނުން ދިރިއުޅޭ ސަރަޙައްދެއްގައި އޭނާ އުޅެނިކޮށް އެމެރިކާގެ އަސްކަރިއްޔާއިންދިން ޑްރޯން ޙަމަލާއެއްގައިކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހާމަކިރެއެވެ. އިއްޔެ އެމެރިކާއިން ދިން މި ހަމަލާގައި އޭނާ މަރުވެފައިވާކަން އެމެރިކާގެ އިތުރުން ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސަލާމަތީ އިދާރާތަކުންވެސް ވަނީ ޔަޤީންކޮށްދީފައެވެ.

ޕާކިސްތާނުގައި ޙަރަކާތްތެރިވަމުންދާ ޠާލިބާން ލީޑަރު އުމަރު ނާރައި އަކީ ދެހާސް ސާދަ ވަނަ އަހަރު ތާލިބާނުން ޕެޝާވަރުގެ ސްކޫލަކަށް ދިން ނުރައްކާތެރި ހަމަލާ އާއި ގުޅިގެން ހޯދަމުން ދިޔަ މީހެކެވެ. 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިން މި ހަމަލާގައި 150 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އޭގެ ތެރެއިން ގިނައިން ހިމެނެނީ ކުދަކުދިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.