ޕޯޗުގަލް ޔޫރޯ 2016 ގެ ސެމީފައިނަލަށް ދަތުރުކޮށްފި

2000

މިހާރު ފްރާންސްގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2016 ގެ ކްއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕޮލެންޑްގެ މައްޗަށް ކުރި ހޯދައިގެން ޕޯޗުގަލް ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ޕެނަލްޓީގައި ޕޯޗުގަލް މޮޅުވީ 5 - 3 ގެ ނަތީޖާއަކުންނެވެ.
ރާއްޖެ ގަޑިން ރޭ މެންދަމު ބާރަޖެހިއިރު ކުޅުނު މި މެޗު ޕޮލެންޑުން ފެށީ ވަރަށް އިތުބާރާއެކުއެވެ. އަދި މެޗުގެ އެންމެފުރަތަމަކޮޅު މުޅި މެޗު ކޮންޓްރޯލްކުރީވެސް ޕޮލެންޑުންނެވެ. އޭގެ ނަތީޖާއެއްގެގޮތުން މެޗުގެ ދެވަނަ މިނެޓްގައި އެޓީމުން މެޗުގެ ފުރަތަމަ ލަނޑުޖަހައި، ލީޑުނަގާފައެވެ. މި ލަނޑު ޕޮލެންޑަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ކެޕްޓަން ރޮބަޓް ލެވެންޑޯސްކީ އެވެ.
ލެވެންޑޯސްކީގެ މިލަނޑަށްފަހުވެސް ޕޮލެންޑުން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ޕޮލެންޑުންމެޗުގެ ލީޑުނެގުމާއެކު ޕޯޗުގަލްއިން ދިޔައީ ބޯޅަކޮންޓްރޯލްކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަހާފުގެ ފަހުކޮޅު ޕޯޗުގަލްގެ ކުޅުން ވަރަށްބޮޑަށް ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތައް އުފައްދަންފެށިއެވެ. ނަތީޖާއެއްގެގޮތުން މެޗުގެ 33 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖާ ލަނޑެއްޖަހައި ނަތިޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ޖެހީ ނާނީ ދިން ޕާހަކުން ރެނާޓޯ ސަންޗޭސް އެވެ.
ރޭގެ މުޅި މެޗަށް ބަލާއިރު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދިހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް މެޗުގެ ދެވަނަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ޕޯޗުގަލްކަން ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު އެއްވެސްތީމެއްގެ ކޮޅަށް ނަތީޖާ ބުރަނުވުމުން، ކުޅުނު 15 މިނެޓްގެ ދެ ހާފުވެސް ނިމުނީ ހަމަ އެނަތިޖާގައި އޮވެގެންނެވެ. ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނުއިރު، ޕޮލެންޑު މިމެޗުން ބަލިވީ، އެޓީމުގެ ބްލޮޒޯސްކީގެ ޕެނަލްޓީ ޕޯޗުގަލްގެ ކީޕަރު ދިފާއުކުރުމުގެ ސަބަބުންނެވެ.
ސެމީފައިނަލްގައި ޕޯޗުގަލްއާ ބައްދަލުކުރާނީ ބެލްޖިއަމް އާއި ވޭލްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.