ހޯމް މިނިސްޓަރު ކަމުގެ މަޤާމުން އުމަރު ނަސީރު ކުއްލި ގޮތަކަށް މިރޭ އިސްތިއުފާ ދެއްވައިފިއެވެ. ޢުމަރު މަޤާމުން އިސްތިއުފާދެއްވިކަން މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ ޔަޤީން ކޮސްދެއްވާފައެވެ. އުމަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަާއި ރައީސް އަބްދުﷲ ޔާމީނަށާއި އެހެން ހުރިހާ ބޭފުޅުންނަށް ދެއްވި އެއްބާރު ލުމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މިނިސްޓަރު ޢުމަރުމިރޭ އިސްތިއުފާދެއްވިއިރު، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުން މޮނީޓާކޮށް ކޮންޓްރޯލުމުގެ އަމުރު ނުވަތަ މޮނިކޮން އަމުރުގެ މައްސަލާގައި އެމަނިކުފާނާ ރައީސް ޔާމީނުގެ ޚިޔާލު ތަފާތުވެފައިވާކަމަށް ވަނީ މަޢުލުމާތުލިބިފައެވެ.
މޮކޮމް އަމުރު ނެރުމަށް ކޯޓަށް ހުށަހެޅުމުގެ ބާރު މީގެކުރިން އޮންނަނީ ސީދާ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އަތްޕުޅުގައެވެ. އެހެންނަމަވެސް ދާދިފަހުން ރައީސްޔާމީން ވަނީ އެބާރު އުމަރުގެ އަތްޕުޅުން ނަންގަވައި އެކަމަށް ލަފާ އަރުވާ ކޮމިޓީއެއް އެކުލަވާލައްވާފައެވެ.
އެކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި، ކޮމިޝަނާރ އޮފް ޕޮލިސް އަހުމަދު އަރީފާއި، ހޯމް މިނިސްޓާރ އުމަރު ނަސީރެވެ.
މިރޭ ޢުމަރު އިސްތިއުފާދެއްވުމާ ގުޅޭގޮތުން އެމަނިކުފާނުގެ ބަހަކަށް މިހާތަނަށް ހަމައެކަނި ލިބިފައިވަނީ މިރޭ ކުރެއްވި ޓްވިޓެވެ. އެޓްވިޓުގައިވަނީ މަޤާމުގަ ހުންނެވި އިރު ދެއްވި އެއްބާރުލެއްވުމަށްތަކައި، ރައީސް ޔާމީނަށް ޝުކުރުއަދާކުރައްވާފައެވެ.
އުމަރުގެ އިސްތިއުފާ ރައީސް އަބްދުﷲ ޔާމީން މިރޭ ގަބޫލު ކުރައްވާފައިވާކަމަށް މަޢުލޫމާތުލިބެއެވެ.