އިންތިޚާބަށް ކުރިމަތިލުމުގެ ކަންކަން ފިނިކޮޓަރިން ނުނިންމާނަން: އެމްޓީޑީ

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަމާމެދު މިވަގުތު އެއްވެސް މަޝްވަރާއެށް ނުކުރައްވާ ކަމަށާއި އެކަމުގެ މަޝްވަރާ ކުރައްވާނީ އަދި ފަހުން ކަމަށް އަލަށް އުފެއްދި ސިޔާސީ ޕާޓީ މޯލްޑިވްސް ތާރޑުވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.

އެޕާޓީގެ ސީނިއަރ ނާއިބު ރައީސް އިސްމާޢީލް ޢާސިފް ވިދާޅުވީ އެޕާޓީގެ ވިސްނުންހުރީ ފިނިކޮޓަރިން ކަންކަން ނިންމާ ގޮތަކަށް ނޫންކަމަށެވެ. "ފިނިކޮޓަރިން ނިންމާ ކަހަލަގޮތަކަށް ނޫން ވިސްނުން މިހުރީއެއް. ވިސްނުނިމިހުރީ (ވަރަށް ބޮޑަށް) ރަށްރަށުގައި ދިރިއުޅޭ މީހުނާއި ޒުވާނުންނާއި އެމީހުން ދިރިއުޅޭ ޙާލަތާއި އުޅޭގޮތަކާއި އެމީހުންގެ ވިސްނުންތައްކާއި ބޭނުންތައް ވެރިފައިކޮށްފައި ނޫނިއްޔާ ކަންތައްތައް ނުނިންމާ ކަހަލަ ވިސްނުމެއް މިހުރީ،" ޢާސިފް ވިދާޅުވިއެވެ.

ޢާސިފް ވިދާޅުވީ އެޕާޓީން ކަންކަން ނިންމާނީ ހަމަބިމަށްފައިތިބެ ކަންކަން ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހު ކަމަށެވެ. "އަޅުގަނޑުމެން ގްރައުންޑަށް ފައިބާނަން. އޭގެ މާނައަކީ ހަމަބިމަށްފައިބާ ތިބެގެން އެކަންތައްތަކާ މެދު ވިސްނާފައޭ ކަންކަން ނިންމާނީ،" އޭނާ ވިދާޅުވިއެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.