- ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަން 1437 ގެ ބޮޑު ހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާއި އިނާމް ހަވާލުކޮށްފިއެވެ.
- ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި، ދިރާގުގެ ހުރިހާ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއިނުލާ ބައިވެރިވެވޭނެއެވެ.
- އަދި ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީގެ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި ލައިވްކޮށް ނެގޭ ގުރުއަތުން އެލްޖީ ބްރޭންޑްގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޓްރައިވް ދޮންނަމެޝިން އަދި ޑްރަޔާ، ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔަލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއަކާއިއެކު ޖުމްލަ 65000 ރުފިޔާއަށް ވުރެ އަގު ހުރި 'އެލްޖީ ހޯމް ޕެކް' އެއް ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް ލިބިގެންދާނެއެވެ.
- އެގޮތުން މިއަދު ހަވީރުގެ ޕްރޮގްރާމްގައި ވޭތުވެދިޔަ ހަފްތާގެ ނަސީބުވެރިޔާ، ހ.ސޯސަން ވިލާ، ޑރ. އަބްދުﷲ ޖުނައިދާއި ރަސްމީކޮށް އިނާމް ހަވާލުކޮށް، ދެ ވަނަ ހަފްތާގެ ނަސީބުވެރިޔާވެސް ވަނީ ހޮވާފައެވެ.
- އެގޮތުން ދިރާގު ރޯދަ ބޮޑު ހަދިޔާގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ސ. ހިތަދޫ ކުދިމާވިލާ، އަލީ އަބްދުﷲ ދީދީ އެވެ. މި އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ޕްރޮގްރާމުގައި މިފަރާތާވެސް އިނާމް ހަވާލު ކުރެވިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.
- ދިރާގުގެ ރޯދަ ބޮޑު ހަދިޔާ ޕްރޮމޯޝަން ރިފްސައިޑާއި ގުޅިގެން ކުރިޔަށްގެންދާއިރު ރީފްސައިޑަކީ ރާއްޖޭގައި އެލްޖީގެ އުފެއްދުންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.
- ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގާ ތަފާތު ޕްރޮމޯޝަން ތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެޗްއައިއެޗް އިން 5 ބޭފުޅަކަށް ލިބިލައްވާ ރޯދަވިއްލުމުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވަނީ އިނާމް ހަވާލުކޮށްފައެވެ.
- އެގޮތުން މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މ.މޫމިޔާގެ މުހަންމަދު އައިމަން އާދަމެވެ.
- މި ޕްރޮމޯޝަނަކީ ‘iftar’ ޖެއްސެވުމަށްފަހު 500 އަށް އެސްއެމްއެސް އެއް ކުރައްވައިގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ.
- ކުރައްވާ ކޮންމެ އެސްއެމްއެސް އަކަށް 1 ރުފިޔާ ޗާޖު ކުރެވޭއިރު ދިރާގުން ވަނީ އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކަސްޓަމަރުންގެ ނަމުގައި ފިތުރު ޢީދު ދުވަހު ކ.ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ނިންމަވާފައެވެ.
- މި ޕްރޮމޯޝަންގެ 2ވަނަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް މިއަންނަ ހުކުރު ދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީ އިން ދެއްކުމަށް ހަމަޖެހިފައިވާ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި އިނާމު ހަވާލުކުރެވިގެންދާނެއެވެ.
- ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން އަދިވެސް އިތުރު ތަފާތު ޕްރޮމޯޝަންތަކަކާއި ހިދުމަތްތަކެއް ކަސްޓަމަރުންނަށް ހުޅުވާލާފައިވާއިރު އެ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިޔާ ޗެނަލްތައް މެދުވެރިކޮށް ލިބެމުންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.