ރާއްޖެ އެތެރެކުރަން އުޅުނު 29 ކިލޯގެ ޑްރަގް އަތުލައިގެންފި

index

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަނޑުމަތިން އަތުލައިގެންފިއެވެ. މިތަކެތީގެ މަރުދަނުގައި ޖުމުލަ 29 ކިލޯ ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހަތަރު މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވިދާޅުވީ މި ތަކެއްޗަކީ ރާއްޖޭގައި ވިޔަފާރިކުރުމަށް އެތެރެކުރަން އުޅުނު ތަކެތި ކަމަށް ބެލެވޭ ކަމަށާ، މިއީ މިހާތަނަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތިކަމަށެވެ. މި ތަކެތީގެ އަގު 145 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ މި މަސްތުވާތަކެތި އަތުލައިގަތީ އދ.އަތޮޅާ ދިމާލުން ބޭރުން ދަތުރުކުރި އުޅަނދަކުން ކަމަށެވެ.

އެތަކެތި އުފުލި ދޯނި ދޫނިދު އަށް ގޮސް ޗެކްކުރިއިރު، އެތަކެތި ފެނުނީ އެ ދޯނީގައި ހުރި ގޭސް ސިލިންޑަރުތަކެއްގެ ތެރޭގައި ރައްކާ ކޮށްފައި ހުއްޓާކަމަށާ، އެތަކެތި ޓެސްޓް ކުރިއިރު، ހިރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ނަވާޒް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.