އިދިކޮޅު އިއްތިހާދާ ޤާސިމާ ގުޅުމެއްނެތް!

images
އިދިކޮޅު ސިޔާސީ ފަރާތްތަކުން އުފައްދާފައިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" ގައިވެސް އެބޭފުޅުންގެ އެއްވެސް ހަރަކާތެއްގައިގައިވެސް ޖުމްހޫރީޕާޓީއާއި، އެޕާޓީގެ ލިޑަރު ޤާސިމް އިބްރާހީމްގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް، ޤާސިމް ހާމަކުރައްވައިފިއެވެ.
ޤާސިމް މިގޮތަށް ހާމަކުރައްވައި ވަނީ ޓްވިޓްކުރައްވާފައެވެ. ޑރ.މުހައްމަދު ޖަމީލް އަހްމަދު ލީޑަރަކަށްވެ ހުންނަވައިގެން އުފައްދަވާފައިވާ އިދިކޮޅު އިއްތިޙާދުގައި ބައިވެރި ނުވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެހަރަކާތަށް އޭނާ ތާޢީދުކުރައްވާކަމަށް ބުނެ އިދިކޮޅު ބައެއް ބޭފުޅުން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވުމުގެގޮތުންނެވެ.
މިއަދު ކުރެއްވި ޓްވީޓްއެއްގައި ގާސިމް ވިދާޅުވެފައިވަނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންއަށް އޭނާ ތާއީދު ކުރަށްވާކަމަށް ސޯޝަލް މީޑިއާގައި ދައްކަމުން ގެންދާ ވާހަކަ ތަކަކީ ހަގީގަތެއްނެއް ދޮގު ވާހަކަ ތަކެއްކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އިދިކޮޅު ޙަރަކާތްތަކުގައި ބައިވެރިވެ، އިދިކޮޅު ލީޑަރުންނާއެކު ފޮޓޯ ނަންގަވަމުންދަނީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ކަމަށާ، ޖުމްހޫރީޕާޓީން އެމައްސަލަ ބަލާނެކަމަށް ވެސް ޤާސިމް ވިދާޅުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.