އެނބުރި ރާއްޖެ އައުމަށް ނަޝީދަށް އަންގަނީ!

fghghhgjhjk

އިނގިރޭސި ވިލާތުގެ ސިޔާސީ ޙިމާޔާތް ހޯއްދަވައިގެން ހުންނެވިކަމަށް ވިދާޅުވާ، 13 އަހަރުގެ ޖަލު ޙުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުޙަންމަދު ނަޝީދު އެނބުރި ރާއްޖެ ވަދައިގަތުމަށް އަންގަވާނެކަމަށް ސަރުކަރުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ، ނަޝީދުގެ ބޭސްފަރުވާއަށް ދެއްވާފައިވާ މުއްދަތު ދެން އިތުރުކޮށް ނުދެއްވާނެކަމަށެވެ. ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، ބޭސްފަރުވާއަކަށްކަމަށް ވިދާޅުވެއެވެ. ޖުމުލަ 30 ދުވަހުގެ މުއްދަތެއް ނަޝީދު ފަރުވާކުރައްވަން ސަރުކާރުން ދެއްވިއިރު، ނަޝީދުވަނީ އެމުއްދަތު ހަމަވުމުން މުއްދަތު އިތުރުކޮށްދެއްވަން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ސަރުކާރުންވަނީ ފަހުން އެމުއްދަތު އިތުރުވެސް ކުރައްވާފައެވެ.

އެހެންނަމަވެސް އެންމެފަހުން ނަޝީދުގެ ވަކީލުން ހާމަކުރައްވާފައިވަނީ ނަޝީދު ދެން އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެކަމަށާ، މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ ސިޔާސީ ޙިމާޔަތުގައިކަމަށެވެ. އެހެންނަމަވެސް އިނގިރޭސި ސަރުކާރުން މިކަން އަދި ކަށަވަރުކޮށްނުދެއެވެ.

ނަޝީދު ވެސް އިސްވެ ހުންނަވައި، މިއަދު ވަނީ "ޔުނިއިޓެޑް އޮޕޮޒިޝަން"ގެ ނަމުގައި އިދިކޮޅު ހަރަކާތެއް އުފައްދަވައި އިނގިރޭސިވިލާތުގެ ލަންޑަނުގައި އެޙަރަކާތް ޢިއުލާނުކުރައްވާފައެވެ.

މިނިސްޓަރު ޢުމަރު ވިދާޅުވެފައިވަނީ ނަޝީދު ހިންގަވަނީ ސިޔާސީ ޙަރަކާތްކަމަށާ، އެއީ ޤައިދީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އުސޫލާ ޚިލާފުކަމެއްކަމަށެވެ. އެހެންކަމުން ނަޝީދަށް ދެން އިތުރު މުއްދަތެއް ނުދެއްވޭނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.