- 2016 އޭޕްރީލް މަހުގެ ރާއްޖޭގެ އިންފްލޭޝަން ރޭޓް އަކީ -0.18% އެވެ. މާރިޗު މަހުގެ އިންފްލޭޝަން ރޭޓް ހުރީ -0.53% ގައެވެ. މަހުގެ އަގުތަކަށް އައިބަދަލު ނުލާ ބަލައިފިނަމަ އޭޕްރީލް މަހު އިންފްލޭޝަން ރޭޓް ހުރީ %.160- ގައެވެ. މިއަދަދު ފާއިތުވީ މާރިޗު މަހު ހުރީ %10- ގައެވެ.
- 2015 ގެ އޭޕްރީލް އިން 2016 ގެ އޭޕްރީލް އާއި ހަމައަށް އިންފްލޭޝަން ރޭޓް ވަނީ %0.18- ދަށަށް ގޮސްފައެވެ. މާރިޗު 2015 ން މާރިޗު 2016 އަށް ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ %0.67 މައްޗަށް ގޮސްފައެވެ.
އޭޕްރީލް މަހު މައިގަނޑު ގޮތެއްގައި ސީ.ޕީ.އައި އަށް އައިސްފައިވާ ބަދަލުތައް
- އޭޕްރީލް މަހު މައިގަނޑު ގޮތެއްގައި އަގު ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި ތަރުކާރީގެ ބާވަތްތައް (%4.55-)، ޓީވީފަދަ ރިސެޕްޝަނަށް ބޭނުންވާ ސާމާނާއި ރިކޯޑިންގް ހެދުމާއެކު އޯޑިއޯ އަދި ފިލްމް ތައްޔާރުކުރުމަށް ބޭނުންކުރާ ތަކެތިން (%8.73-)، ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނާއި އަދި ކަރަންޓު ނޫން ސާމާނުން (21%-)، ކައްކާ ގޭސް (%3.16-)، މަހުގެ ބާވަތްތައް (%0.44-)، އިންފޮމޭޝަން ޕްރޮސެސް ކުރަން ބޭނުންވާ ސާމާނު (%0.96-)، ގޭގައި ކަރަންޓުން ބޭނުން ކުރެވޭ ކުދި ސާމާނު (%3.28-)، ބީފް (%0.71-)، އަދި ތެލާއި ފެޓްސްގެ ބާވަތްތަކުން (%0.73-) ހިމެނެއެވެ.
- އޭޕްރީލް މަހު މައިގަނޑު ގޮތެއްގައި އަގު މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ގޭގެ ކުލިން (%0.42+)، ހޮޓާ، ކެފޭ، އަދި ރެސްޓޯރަންޓް ތަކުން (%1.54+)، ޕާނާއި ސީރިއަލްގެ ބާވަތްތަކުން (%0.65+)، މޭވާގެ ބާވަތްތަކުން (%0.83+)، ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނުން (%0.26+)، ސިއްޙީ ހިދުމަތުގެ ބައިން ބޭހުގެ ބާވަތްތައް (%0.41+)، ގެދޮރު އިމާރަތް ކުރުމާއި ރޭނުމުގެބައިން (%0.26+)، ބިހާއި ކިރު އަދި ޗީޒްގެ ބާވަތްތަކުން (%0.13+) އަދި ހަކުރު، ޖޭމު، މާމުއި، ޗޮކޮލެޓް ފަދަ ބާވަތްތަކުން (%0.56+) ހިމެނެއެވެ.
އޭޕްރީލް 2015 އިން އޭޕްރީލް 2016 އަށް 12 މަހުގެ | މާރިޗު 2016 އިން އޭޕްރީލް 2016 އަށް | ||
އިތުރުވި މިންވަރު (%) | އިތުރުވި މިންވަރު (%) | ||
-0.18 | -0.18 | ޖުމްލަ އިންފްލޭޝަން | |
-0.21 | 0.28- | ކާބޯތަކެތީގެ ބައި | |
1.79 | 0.01 | ދުންފަތާއި ދުފުމުގެ ބައި | |
-0.66 | 0.10- | އަންނައުނާއި ފައިވާނުގެ ބައި | |
-0.07 | 0.03 | ގޭގެ ކުލި، ފެން، ކަރަންޓް، ގޭސް އަދި ތެލުގެ ބައި | |
-2.09 | -1.13 | ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ ބައި | |
2.86 | 0.16 | ސިއްޚީ ޚިއްދުމަތުގެ ބައި | |
-2.48 | -0.04 | ދަތުރުފަތުރުގެ ބައި | |
0.09- | 0.00 | މުވާސަލާތީ ޙިދުމަތްތަކުގެ ބައި | |
-3.98 | -1.80 | ކުޅިވަރާއި ސަޤާފީ ކަންތަކުގެ ބައި | |
4.37 | -0.03 | ތައުލީމްގެ ބައި | |
2.32 | 1.49 | ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައި | |
-0.14 | 0.19 | އެހެނިހެން މުދަލާއި ޚިދުމަތުގެ ބައި | |
0.07 | -0.16 | ޖުމްލަ އިންފްލޭޝަން މަސްނުހިމަނާ | |
0.96 | -0.22 | ކާބޯތަކެތީގެ ބައި މަސްނުހިމަނާ | |
-2.82 | -0.44 | މަހުގެ ބައި | |
3.62 | 0.42 | ގޭގެ ކުލި |
އެކި އެކި ބައިތަކުގެ އިންފްލޭޝަން ރޭޓް
ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ ބައި: (%1.13-)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ ބައިގެ އިންފްލޭޝަން ރޭޓްވަނީ %1.13- ދަށަށް ގޮސްފައެވެ. މިގޮތުން މިބައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަގު ދަށަށް ގޮސްފައިވަނީ ދޮންނަ މެޝިނުން (%4.88-)، އަވަނުން (%7.24-)، ރެފްރިޖެރޭޓަރުން (%4.79-)، އަދި އިސްތިރިން (%3.06-) ނެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %2.09- ދަށަށް ގޮސްފައެވެ.
ކުޅިވަރާއި ސަޤާފީ ކަންތަކުގެ ބައި: (%1.80-)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ ކުޅިވަރާ ސަޤާފީ ކަންތަކުގެ ބައިގެ އިންފްލޭޝަން ރޭޓަކީ %1.80- އެވެ. މިގޮތުން މިބައިގެ އިންފްލޭޝަން ރޭޓް ދަށަށް ގޮސްފައިވަނީ ޓީވީގެ އަގުން (%9.74-)، ލެޕްޓޮޕްގެ އަގުން (%0.96-) އަދި ޑީ.ވީ.ޑީ ޕްލެޔަރުގެ އަގު (%8.72-) ދަށަށް ދިއުމުންނެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ ކުޅިވަރާއި ސަޤާފީ ކަންތަކުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %98- ދަށަށް ގޮސްފައެވެ.
ކާބޯތަކެތީގެ ބައި: (%0.28-)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ ކާބޯތަކެތީގެ ބައިގެ އިންފްލޭޝަން ރޭޓަކީ %28- އެވެ. މިބައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އިންފްލޭޝަން ރޭޓް ދަށަށް ދިއުމަށް ޙިއްސާކޮށްފައިވަނީ ފިޔާ (%14.63-)، ކަޅުބިލަމަސް (%2.04-)، އަނބު (%13.07-)، ކާށި (%3.85-)، އޮރެންޖު (%10.46-)، އަލުވި (%7.53-)، ކުކުޅު (1.14-) އަދި ކައްކާ ތެލުން (%0.71-) ނެވެ. މިބައިގެ އަގު މައްޗަށް ދިއުމަށް ޙިއްސާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައ ލުނބޯ (%28.23+)، ގިތެޔޮ މިރުސް (%9.85+)، ދޮންކެޔޮ (%7.36+)، ހަނޑޫ (%2.04+)، މަސްދަޅު (%0.62+)، ވަޅޯ މަސް (%2.62+)، ފަރުމަސް (%5.45+)، ކުރީމް ކުރޭކަރު ބިސްކޯދު (%0.74+)، ލުއިކާނާ (%2.11+) އަދި ހަކުރު (%1.01+) ހިމެނެއެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ ކާބޯތަކެތީގެ ބައިގެ އިންފްލޭޝަން ރޭޓު ވަނީ %0.21- ދަށަށް ގޮސްފައެވެ.
މަހުގެ ބައި: (%0.44-)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ މަހުގެ ބައިގެ އިންފްލޭޝަން ރޭޓްއަކީ %0.44- އެވެ. މިގޮތުން މިބައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަގު ދަށަށް ދިއުމަށް ޙިއްސާކޮށްފައިވަނީ ކަޅުބިލަމަހުން (%2.04-) ނެވެ. މިބައިގެ އަގު މައްޗަށް ދިއުމަށް ޙިއްސާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި މަސްދަޅު (%0.62+)، ވަޅޯ މަސް (%2.62+) އަދި ފަރު މަސް (%5.45+) ހިމެނެއެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ މަހުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %2.82- ދަށަށް ގޮސްފައެވެ.
އަންނައުނާއި ފައިވާނުގެ ބައި: (%0.10-)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ އަންނައުނާއި ފައިވާނުގެ ބައިގެ އިންފްލޭޝަން ރޭޓަކީ %0.10- އެވެ. މިގޮތުން މިބައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަގު ދަށަށް ދިއުމަށް ޙިއްސާކޮށްފައިވަނީ ފިރިހެނުންގެ އޮފީސް ބޫޓުން (%0.59-)، ފޮތި (%0.24-) އަދި އަންހެންކުދިންގެ ޓީ-ޝާރޓުން (%0.63-) ނެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ އަންނައުނާއި ފައިވާނުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %0.66- ދަށަށް ގޮސްފައެވެ.
ދަތުރުފަތުރުގެ ބައި: (%0.04-)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު ދަތުރުފަތުރުގެ ބައިގެ އިންފްލޭޝަން ރޭޓަކީ %0.04- އެވެ. މިގޮތުން މިބައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަގު ދަށަށް ދިއުމަށް ޙިއްސާކޮށްފައިވަނީ މާލެއާއި ކޮލަންބޯއާއި ދެމެދު ވައިގެމަގުން ކުރާ ދަތުރުތަކުން (%3.03-) ނެވެ. މިބައިގެ އަގު މައްޗަށް ދިއުމަށް ޙިއްސާކޮށްފައިވަނީ މޮޓޯ ސައިކަލްގެ އަގުން (%0.14+) ނެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ ދަތުރުފަތުރުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %2.48- ދަށަށް ގޮސްފައެވެ.
ތަޢުލީމްގެ ބައި: (%0.03-)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ ތަޢުލީމްގެ ބައިގެ އިންފްލޭޝަން ރޭޓަކީ %0.03- އެވެ. މިގޮތުން މިބައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަގު ދަށަށް ގޮސްފައިވަނީ ޕްރީ-ސްކޫލް ފީ އިން (%0.29-) ނެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ ތަޢުލީމްގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %4.37+ މައްޗަށް ގޮސްފައެވެ.
މުވާސަލާތީ ޚިދުމަތުގެ ބައި: (%0.00)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ މުވާސަލާތީ ޚިދުމަތުގެ ބައިގެ އިންފްލޭޝަން ރޭޓަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ މުވާސަލާތީ ޚިދުމަތުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %0.09- ދަށަށް ގޮސްފައެވެ.
ދުންފަތާއި ދުފުމުގެ ބައި: (%0.01+)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ ދުންފަތާއި ދުފުމުގެ ބައިގެ އިންފްލޭޝަން ރޭޓަކީ %0.01+ އެވެ. މިގޮތުން މިބައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަގު މައްޗަށް ގޮސްފައިވަނީ ރޯފޯއް (%0.06+) އަދި ސުޕާރީއިން (%0.20+) ނެވެ. މިބައިން އަގު ދަށަށް ގޮސްފައިވަނީ ހަނާކުރި ފޯއް ޕެކެޓުން (%0.20-) ނެެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ ދުންފަތާއި ދުފުމުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %1.79+ މައްޗަށް ގޮސްފައެވެ.
ގޭގެ ކުލި، ފެން، ކަރަންޓް، ގޭސް އަދި ތެލުގެ ބައި: (%0.03+)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ ގޭގެ ކުލި، ފެން، ކަރަންޓް، ގޭސް އަދި ތެލުގެ ބައިގެ އިންފްލޭޝަން ރޭޓަކީ %0.03+ އެވެ. މިގޮތުން މިބައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަގު މައްޗަށް ދިއުމަށް ޙިއްސާކޮށްފައިވަނީ ގޭގެ ކުލިން (%0.42+) އަދި ފާރުގައި ލާ ކުލައިން (%1.67+) ނެވެ. މިބައިގެ އަގު ދަށަށް ދިއުމަށް އެންމެބޮޑަ ޙިއްސާކޮށްފައިވަނީ ކައްކާ ގޭހުން (%3.16-) ނެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ ގޭގެ ކުލި، ފެން، ކަރަންޓް، ގޭސް އަދި ތެލުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %0.07- ދަށަށް ގޮސްފައެވެ.
ސިއްޙީ ޚިދުމަތްތަކުގެ ބައި: (%0.16+)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ ސިއްޙީ ޚިދުމަތްތަކުގެ ބައިގެ އިންފްލޭޝަން ރޭޓަކީ %0.16+ އެވެ. މިގޮތުން މިބައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަގު މައްޗަށް ގޮސްފައިވަނީ ސްޓްރެޕްސިލް ގުޅައިން (%1.10+) ނެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ ސިއްޙީ ޚިދުމަތްތަކުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %2.86+ މައްޗަށް ގޮސްފައެވެ.
އެހެނިހެން މުދަލާއި ޚިދުމަތުގެ ބައި: (%0.19+)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ އެހެނިހެން މުދަލާއި ޚިދުމަތުގެ ބައިގެ އިންފްލޭޝަން ރޭޓަކީ %0.19+ އެވެ. މިގޮތުން މިބައިގައި ހިމެނޭ ބާވަތުގެ ތެރެއިން އަގު މައްޗަށް ދިއުމަށް ހިއްސާކޮށްފައިވަނީ ފިރިހެނުންގެ ބޮޑީ ސްޕްރޭ (%1.19+)، ފޭސްވޮޝްް (%1.24+) އަދި ކުޑަކުދިންގެ ސައިބޯނިން (%0.94+) ނެވެ. މިބައިގެ އަގު ދަށަށް ދިއުމަށް އެންމެބޮޑަ ޙިއްސާކޮށްފައިވަނީ އަންހެނުންގެ ސެންޓުން (%0.73-) އަދި ދިޔާ ސައިބޯނިން (%0.95-) ނެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ އެހެނިހެން މުދަލާއި ޚިދުމަތުގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %0.14- ދަށަށް ގޮސްފައެވެ.
ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައި: (%1.49+)
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މުޅިރާއްޖޭގެ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައިގެ އިންފްލޭޝަން ރޭޓަކީ %1.49+ އެވެ. މިގޮތުން މިބައިން އަގު މައްޗަށް ގޮސްފައިވަނީ ރިހަ އާއި ބަތުގެ ލަންޗް ޕެކެޓުން (%3.69+) ނެވެ.
- 2015 ގެ އޭޕްރީލް މަހާއި 2016 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު މުޅިރާއްޖޭގެ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައިގެ އިންފްލޭޝަން ރޭޓް ވަނީ %2.32+ މައްޗަށް ގޮސްފައެވެ.
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހު މާލެ އާއި އަތޮޅުތަކުގެ އިންފްލޭޝަންރޭޓް
މާރިޗު 2016 އިން އޭޕްރީލް 2016 |
އިންފްލޭޝަން ރޭޓް: މާލެ އާއި އަތޮޅުތަކަށް |
||
އިތުރުވި މިންވަރު (%) | |||
އަތޮޅުތައް | މާލެ | ||
-0.48 | 0.16 | ޖުމްލަ އިންފްލޭޝަން | |
-0.46 | 0.00 | ކާބޯތަކެތީގެ ބައި | |
0.04 | -0.10 | ދުންފަތާއި ދުފުމުގެ ބައި | |
-0.09 | -0.11 | އަންނައުނާއި ފައިވާނުގެ ބައި | |
-0.71 | 0.37 | ގޭގެ ކުލި، ފެން، ކަރަންޓް، ގޭސް އަދި ތެލުގެ ބައި | |
-1.01 | -1.31 | ފަރުނީޗަރ އަދި ހިފާގެންގުޅޭ ސާމާނުގެ ބައި | |
0.21 | 0.02 | ސިއްޚީ ޚިއްދުމަތުގެ ބައި | |
0.00 | -0.07 | ދަތުރުފަތުރުގެ ބައި | |
0.00 | 0.00 | މުވާސަލާތީ ޙިދުމަތްތަކުގެ ބައި | |
-2.64 | -0.22 | ކުޅިވަރާއި ސަޤާފީ ކަންތަކުގެ ބައި | |
-0.07 | 0.00 | ތައުލީމްގެ ބައި | |
-0.01 | 2.31 | ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައި | |
0.04 | 0.39 | އެހެނިހެން މުދަލާއި ޚިދުމަތުގެ ބައި | |
-0.41 | 0.12 | ޖުމްލަ އިންފްލޭޝަން މަސްނުހިމަނާ | |
-0.17 | -0.29 | ކާބޯތަކެތީގެ ބައި މަސްނުހިމަނާ | |
-1.15 | 0.63 | މަހުގެ ބައި | |
0.00 | 0.44 | ގޭގެ ކުލި |
- 2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހުގެ މާލޭގެ އިންފްލޭޝަން ރޭޓަކީ %0.16+ އެވެ. އަދި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް ހުރީ %0.48- ގައެވެ
2016 ގެ މާރިޗު މަހާއި އަޅާބަލާއިރު 2016 ވަނަ އަހަރު އޭޕްރީލް މަހު އެކިއެކިބައިތަކުން އިންފަލޭޝަން ރޭޓަށް ޙިއްސާކޮށްފައިވާ މިންވަރު
|
2016 ގެ އޭޕްރީލް މަހު މާލޭގެ އިންފްލޭޝަން ރޭޓް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައިވަނީ ގޭގެ ކުލި، ފެން، ކަރަންޓް، ގޭސް އަދި ތެލުގެ ބައިން )%0.37+( ނެވެ. މި ބައިން އަގު މައްޗަށް ދިއުމަށް ހިއްސާކޮށްފައިވަނީ ގޭގެ ކުލިން (%0.44+) އަދި ފާރުގައި ލާ ކުލައިން (%4.94+) ނެވެ.
2016 ގެ އޭޕްރީލް މަހު މާލޭގެ އިންފްލޭޝަން ރޭޓް ދަށަށް ދިއުމަށް އެންމެ ބޮޑަށް ޙިއްސާކޮށްފައިވަނީ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ ބައިން (%1.31-) ނެވެ. މިގޮތުން އަގު ދަށަށް ދިއުމަށް ޙިއްސާކޮށްފައިވަނީ އަވަން (%8.86-)، ދޮންނަމެޝިން (%4.22-)، ރެފްރިޖެރޭޓަރ (%4.27-)، އިސްތިރި (%6.89-)، ބެޑްޝީޓް (%2.45-) އަދި އުނދުނުން (%3.98-) ނެވެ.
2016 ގެ އޭޕްރީލް މަހު އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް ދަށަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައިވަނީ ކުޅިވަރާއި ސަޤާފީ ކަންތަކުގެ ބައިން (%2.64-) ނެވެ. މިގޮތުން ކުޅިވަރާއި ސަޤާފީ ކަންތަކުގެ ބައިން އަގު ދަށަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައިވާ ބައިތަކުގެ ތެރޭގައި ޓީވީ (%15.71-)، ލެޕްޓޮޕް (%0.96-) އަދި ޑީ.ވީ.ޑީ ޕްލެޔަރު (%8.26-) ނެވެ.
2016 ގެ އޭޕްރީލް މަހު އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ޙިއްސާކޮށްފައިވަނީ ސިއްޙީ ޚިދުމަތްތަކުގެ ބައިން (%0.21+) ނެވެ. މިބައިގެ އަގު މައްޗަށް ގޮސްފައިވަނީ ސްޓްރެޕްސިލް ގުޅައިން (%1.49+) އަދި ޕެނެޑޯލް ގުޅައިން (%0.91+) ނެވެ.
- 2015 ވަނަ އަހަރުގެ އޭޕްރީލް އިން 2016 ވަނަ އަހަރު އޭޕްރީލް މަހު މާލެ އާއި އަތޮޅުތަކުގެ އިންފްލޭޝަންރޭޓް
އޭޕްރީލް 2015 އިން އޭޕްރީލް 2016 އަށް |
||||
އިތުރުވި މިންވަރު % | ||||
އަތޮޅުތައް | މާލެ | |||
-0.25 | -0.14 | ކާބޯތަކެތީގެ ބައި | ||
2.82 | -1.16 | ދުންފަތާއި ދުފުމުގެ ބައި | ||
-0.58 | -0.79 | އަންނައުނާއި ފައިވާނުގެ ބައި | ||
-3.71 | 1.73 | ގޭގެ ކުލި، ފެން، ކަރަންޓް، ގޭސް އަދި ތެލުގެ ބައި | ||
-1.98 | -2.28 | ފަރުނީޗަރ އަދި ހިފާގެންގުޅޭ ސާމާނުގެ ބައި | ||
3.70 | 0.85 | ސިއްޚީ ޚިއްދުމަތުގެ ބައި | ||
-3.67 | -0.98 | ދަތުރުފަތުރުގެ ބައި | ||
0.17 | -0.39 | މުވާސަލާތީ ޙިދުމަތްތަކުގެ ބައި | ||
-4.62 | -2.78 | ކުޅިވަރާއި ސަޤާފީ ކަންތަކުގެ ބައި | ||
0.92 | 6.97 | ތައުލީމްގެ ބައި | ||
0.67 | 3.22 | ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައި | ||
0.00 | -0.33 | އެހެނިހެން މުދަލާއި ޚިދުމަތުގެ ބައި | ||
-0.87 | 0.60 | ޖުމްލަ އިންފްލޭޝަން | ||
- 2015 ގެ އޭޕްރީލް މަހާއި އަޅާބަލާއިރު 2016 ގެ އޭޕްރީލް މަހުގެ މާލޭގެ އިންފްލޭޝަން ރޭޓަކީ %0.60+ އެވެ. މި މުއްދަތުގެ ތެރޭގައި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓަކީ %0.87- އެވެ.
- މާލެއާއި އަތޮޅުތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު މުވާސަލާތީ ޙިދުމަތްތަކުގެ ބައި، ދުންފަތާއި ދުފުމުގެ ބައި، ގޭގެ ކުލި، ފެން، ކަރަންޓު، ގޭސް އަދި ތެލުގެ ބައި ފިޔަވާ އެހެން ބައިތަކުގެ އަގުތަކަށް ބަދަލުއައިސްފައިވަނީ މާލެއާއި އަތޮޅުތަކަށް ދާދި އެއްގޮތަކަށެވެ.
- މާލޭގެ އަގުތައް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައިވަނީ ތަޢުލީމްގެ ބައިން (%6.97+) ނެވެ. އަގުތައް ދަށަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައިވަނީ ކުޅިވަރާއި ސަޤާފީ ކަންތައްތަކުގެ ބައިން (%2.78-) ނެވެ.
އަތޮޅުތަކުގެ އަގުތައް ދަށަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައިވަނީ ސަޤާފީ ކަންތައްތަކުގެ ބައިން (%4.62-) ނެވެ. އަގުތައް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައިވަނީ ސިއްޙީ ޚިދުމަތްތަކުގެ ބައިން (%3.70+) ނެވެ.