މަޅުމަތި: ޝައިޚްގެ މިސާލުގެ ނުފުށް

ޢިއްޒަތްތެރި ޝައިޚް ތަގުރީރު ކުރައްވަނީއެވެ.
ޢުމަރުގެފާނު މިންބަރަށް އަރައިވަޑައިގަތުމާއެކު މީހަކު ތެދުވެ ދެންނެވިއެވެ.
އިހަށް ތިޔަ ހެދުންކޮޅު ހޯއްދެވި ގޮތެއް ވިދާޅުވާށެވެ.
ކަލޭގެފާނަށްވެސް ލިބިވަޑައިގަތީ އަޅުގަނޑުމެންނަށް ލިބުނު ވަރުގެ ފޮތިކޮޅެކެވެ.
އެވަރަކުން ތިޔަވަރުގެ ހެދުންކޮޅެއް ނުފެއްސެވޭނެއެވެ.
އުމަރުގެފާނު ވިދާޅުވިއެވެ.
ދަރިފުޅާއެވެ.
އެ ސުވާލުގެ ޖަވާބު ދޭށެވެ.
އިބްނު ޢުމަރު ވިދާޅުވިއެވެ.
އަހަންނަށްވެސް އެންމެންނަށް ލިބުނު ވަރުގެ ފޮތިކޮޅެއް ލިބުނެވެ.
އަހަރެންގެ ފޮތިކޮޅު ބައްޕައަށް އެރުވީއެވެ.
ބައްޕަގެ ހެދުންކޮޅު ފެއްސެވީ ދެ ފޮތިކޮޅު އެއްކުރައްވައިގެންނެވެ.
ވިސްނަވާށެވެ.
މިއީ ވެރިންގެ ކިބައިގައި ހުންނަން ޖެހޭ މާތް ސިފައެވެ.
އަހަރެމެންގެ ވެރިން އެހެން ބާވައެވެ.

* * *

ރަޙްމަތްތެރިޔާ ހީނލިއެވެ.
އަހަރެން އަހައިލީމެވެ.
ކަލޭ ހެނީ ކީއްވެގެން ހެއްޔެވެ؟
އޭނާ ބުންޏެވެ.
އެ ހާދިސާ މިއަދު ހިނގި ނަމަ ވާނޭ ގޮތް ހިތަށް އެރީއެވެ.
އެ ދުވަހު މިސްކިތުގައި ތިބީ އީމާންކަން ވަރުގަދަ ތެދުވެރި މުސްލިމުންނެވެ.
އަހަރެމެން ކަހަލަ ބައި އިސްލާމުންނެއް ނޫނެވެ.
މިއަދު އެ ހާދިސާ ހިނގި ނަމަ މިސްކިތުން މީހަކު ތެދުވެ ސުވާލެއް ނުކުރާނެއެވެ.
ޚުޠުބާ ނިމެންދެން ހުންނާނީއެވެ.
ގެއަށް ގޮސް ފުރަތަމަ ޓްވިޓަރ އާއި ފޭސްބުކް ގައި ލިޔާނީއެވެ.
ދެން ރޭގަނޑު ޓީވީ ޕްރޮގްރާމަކަށް އަރައި ޢުމަރުގެފާނާ ދިމާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވާނީއެވެ.
ސުރުޚީ އާއި ފޭސްބުކް ޕޯސްޓް މިހާރުވެސް ހިތަށް އެބަ ގެނެވެއެވެ.
އެކަމަކު މިސާލަކަށްވެސް ޢުމަރުގެފާނު ފެންވަރުގެ މާތް ބޭކަލެއްގެ ނަންފުޅު ވިޔާނުދާ އިބާރަތަކާ އެކީ ކިޔާކަށް ބޭނުމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.