ގައުމަށް ޣައްދާރުވާނަމަ ޝަރަފްގެ ނިޝާން އަތުލަންޖެހޭ - ރައިސް

AHAREE___0005

ސިފައިންގެ ޚިދުމަތުގައި ޝަރަފްގެ ނިޝާން ލިބިފައިވާ ބޭފުޅުން ގައުމަށް ޣައްދާރުވާނަމަ އެބަޔަކަށް ދީފައިވާ ޝަރަފްގެ ނިޝާން އަތުލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ސިފައިންގެ  ސަތޭކަ ސައުވީސް ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ ސިފައިންގެ ޚިދުމަތުގައި ޝަރަފްގެ ނިޝާން ލިބިފައިވާ ބޭފުޅުން އެ ހިދުމަތުން ވަކިވުމަށްފަހު ގައުމަށް ޣައްދާރުވާނަމަ އެބަޔަކަށް ދީފައިވާ ޝަރަފްގެ ނިޝާން އަތުލަންޖެހޭ ކަމަށް ގާނޫނު އަސާސީއަށް ސިފައިންވެސް ތަބާވާންޖެހޭ ކަމަށެވެ.
ސިފައިންނާއި، ސިފައިންގެ ހިދުމަތުން ޝަރަފްވެރިކަމާއިއެކު ވަކިވެވަޑައިގެންފައިވާ ބައެއް ފަރާތްތަކުން ގާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް މަސައްކަތްކުރަނީ ކިހާވަރަކަށްތޯ ސުވާލުކޮށްލަން ޖެހޭ ކަމަށާއި، ގައުމަށް ޣައްދާރުވުމަކީ ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫން ކަމަށް ރައިސް ވިދާޅުވިއެބވެ.
ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގައި ނިޒާމްތައް ހަަމަޖެހިފައި ހުންނަންޖެހޭނީ އާމަރީން ހަތިޔާރު ނުނެރެވޭނެ ގޮތަކަށް ކަމަށާ ހިދުމަތުގައި ދެމިހުރި މީހެއްގެ ފަރާތުން އެފަދަ ކަންކަން ފެނިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ދެ ވަޒީރުން ޑިފެންސް މިނިސްޓްރީ ހިންގުމަށްފަހު ވަކިވެގެންދާން ޖެހުނު ސަބަބާއި މެދު ސިފައިން ވިސްނަންޖެހޭ ކަމަށެވެ.
އަސްކަރިއްޔާއަކީ އަބަދު ފިލާވަޅު ނަގާ ބަޔަކަށް ވެެގެން ނުވާނެ ކަމަށާ، ގައުމުގެ އިސްތިގްލާލަށް އަންނަ ލޮޅުންތަކާއި މެދު އަސްކަރިއްޔާއިން ފިކުރު ކުރަންޖެހޭ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.