ބަންޑުންޖަހާލި ލޯންޗު އެނބޫދޫ ކަނޑު އޮޅިން ފެނިއްޖެ

ބަންޑުން ޖަހައިލި ލޯންޗެއް ރެއިން ފެށިގެން ހޯދަމުން ދަނިކޮށް މިއަދު ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ލޯންޗު ފެނިފައިވަނީ އެނބޫދު ކަނޑުއޮޅިން އޮޔާދަނިކޮށް ކަމަށެވެ. އެފެނުނީ މަހަށް ނުކުމެ އުޅުނު ގުޅީ ދޯންޏަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެދޯނީގެ މީހުން މިހާރު ގެންދަނީ ގުޅީފަޅަށް ލޯންޗު ވައްދައި އެނެގުމުގެ މަސައްކަތް ކުރަމުންނެވެ. ލޯންޗު ފެނިގެން އެކަމާ ބެހޭ މައުލޫމާތު އެމްއެންޑީއެފަށް އަންގާފައިވަނީ މިއަދު 11:37 އެހައިކަންހާއިރު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ލޯންޗު ފެނުނުއިރު ވެސް އޭގައި މީހަކު ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެންޑީއެފުން ގެންދަނީ އެ ލޯޗާބެހޭ މައުލޫމާތު ހޯދަމުން ކަމަށް  އާޒިމް ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ މިކަން ތަހުގީގު ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.