މިމަހުގެ ކުރީކޮޅު ސޮނާލީ އޭނާއަށް ކެންސަރު ޖެހިފައިވާ ކަން އާއްމުކުރުމާ އެކު އޭނާއާއެކު އޭނާގެ އާއިލާ ދަނީ ވަގުތު ހޭދަކުރަމުންނެވެ. ސޮނާލީ އަށް 'ހައި ގްރޭޑް' ކެންސަރު ޖެހިފައިވާ ކަން އޭނާ އާއްމުކުރީ މިމަހުގެ ކުރީކޮޅު އޭނާގެ މިސްމީޑިއާގައެވެ. އޭގެ ފަހުން އޭނާ ވަނި އޭނާގެ ދަތުރު ހެޔޮ އެދޭ މީހުންނާ ހިއްސާ ކުރާނެ ކަމަށް ބުނެވެސް ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާގެ ފަން، ދިގު އިސްތަށިގަނޑު ކޮށާލާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ހިއްސާކޮށްފައިވެއެވެ.
ސޮނާލީ ވަނި މިއަދު އަނެއްކާވެސް އޭނާގެ އިންސްޓެގްރާމުގައި ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. މިއަދަކީ އޭނާގެ ދަރިފުޅު ދުނިޔެއަށް އުފަންވިތާ 12 ދުވަހާއި، 11 މަހާއި، 8 ދުވަސް ފުރުނު ދުވަހެވެ. ސޮނާލީ މީގެ ކުރީން ޓީވީ ޕްރޮގްރާމްތަކުގައި ބުނެފައިވާ ގޮތުގައި އޭނާއާއި ފިރިމީހާ ގޯލްޑީބޭލް، ދަރިފުޅާ ހުރިހާ ކަމެއްވެސް ހިއްސާ ކުރެއެވެ. ނަމަވެސް ކެންސަރުގެ ވާހަކަ އެނގުމުން އކަން ހިއްސާ ޚުރާނެ ގޮތަކާ މެދު ވަރަށް ކަންބޮޑުވިއެވެ.
ސޮނާލީގެ އިންސްޓެގްރާމް ޕޯސްޓު:
ނަމަވެސް ދަރިފުޅާ އެވާހަކަތައް ހިއްސާ ކުރުމުން ދަރިފުޅުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށް ސޮނާލީގެ ޕޯސްޓުގައި ބުނެފައިވެއެވެ. ރަންވީރް މިހާރު ދަރިއެއްގެ ރޯލުން މައިންބަފައިގެ ރޯލުވެސް އަދާ ކުރާ ކަމަށް ސޮނާލީ ބުނެފައިވެއެވެ. އަދި ސޮނާލީ މިހާރު އުޅުން ބަހައްޓަންވީ ގޮތް ދަރިފުޅު ކިޔައިދޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އޭނާގެ ޕޯސްޓުގައި އޭނާ ދޭން ބޭނުންވާ އެންމެ ވަރުގަދަ މެސެޖަކީ އާއިލާގެ ހުރިހާ ކަމެއްގައިވެސް ދަރީން ބައިވެރި ކުރުމުގެ މުހިއްމު ކަމުގެ ވާހަކައެވެ. ބައެއް ކަންކަން ކުދީންނަށް ސިއްރުކޮށް މައިންބފައިގެ ދިރިއުޅުމުން ކުދީން އެއފަރާތް ކުރުމަކީ ސޮނާލީ ގަބޫލު ކުރާ ގޮތެއް ނޫނެވެ. ކަންކަނަ ތަހައްމަލު ކުރުމަށް ދަރީންނަށް ދަސްވާނީ ދިރިއުޅުމުގެ ކަންކަން އެކުދީންނާ ހިއްސާކޮށްގެން ކަމަށް ސޮނާލީ ގަބޫލުކުރެއެވެ. މިއީ އެކި ޓީވީ ޕްރޮގްރާމް ތަކާއި އޭނާގެ 'ބުކް ކަލްބް' ގެ އެކި ހަރަކާތްތަކުގައި ވެސް އޭނާ އެންމެ ބޮޑަށް ފާހަގަ ކުރަމުން ދިޔަ ކަންކަމެވެ.