ޕާކިސްތާނުގ ކުރީގެ ބޮޑު ވަޒީރު ނަވާޒު ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފް މިއަދުގެ ވަގުތެއްގައި އަބޫ ދާބީ އެއަރޕޯޓުން ހައްޔަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ނަވާޒް ޝަރީފް އާއި މަރިޔަމް ހައްޔަރުކުރާނީ 'ނެޝެނަލް އެކައުންޓަބްލް ބިއުރޯ'ގެ ޚާއްޞަ ޓީމަކުންނެވެ. މިއަދު އިސްލާމް އާބާދަށް ޝެޑިއުލް ކުރެވިފައިހުރި ހުރިހާ ފްލައިޓްތަކެއް މިހާރުވަނީ ލާހޫރު އެއަރޕޯޓަށް ޑައިވަރޓު ކުރެވިފައެވެ. ބަންދުކުރުމަށްފަހު ނަވާޒް ޝަރީފް އާއި މަރިޔަމް ފުރަތަމް ގެންދާގޮތަށް ހަމަޖެހިފައިވަނީ ރާވަލްޕިންޑީގައި ހުންނަ އާދިއާލާ ޖަލަށެވެ. މިޖަލުގައި އެއްދުވަހު ބޭތިއްބުމަށްފަހު 'އެޓޮކް ފޯޓް ޕްރިޒަން' އަށް ބަދަލުކުރެވޭެ ކަމަށް އޭއެންއައި ނޫސް އެޖެންސީ އިން ރިޕޯޓުކުރެއެވެ.
ލަންޑަނުން ފުރާވަޑައިގަންނަވަމުން ނަވާޒް ޝަރީފް ވަނީ އެމަިކުފާނު ދާންޖެހޭނީ ޖަލަށް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ޕަކިސްތާނުގެ މުސްތަގްބަލަށާއި ކުރިއަށް އޮތް ޖީލަށްޓަކައި ވެވަޑައިގަންނަވާ ގުރބާނީ އެއްކަމަށް ވެސް ވިދާޅުވިއެވެ. އަނބިކަނބަލުްނގެ ހާލުކޮޅޮ ސީރއަސްވެ ހޮސްޕިަލުގައި އެޑްމިް ކުރެއްވުމުން އެމަނިކުފާނު ލަންޑަނަށް ވަޑައިގެންނެވީ ދަރިކަނބަލުންނާ އެކުއެވެ. އެމަނިކުފާޏު ގައުމަށް އެނބުރި ވަޑައިނުގްނަވާނެ ކަމަށް ވާހަކަދެކެވެމުންދިޔަ ނަމަވެސް މިއަދު އެނބުރި ގައުމަށް ވަޑައިގަންނަވާން ނިންމެވުމުން އެމަނކުފާނަށް ތާއީދުކުރާ ގިނަބަޔަކު ދަނީ ނަވާޒް ޝަރީފަށް ތައުރީފުކުރަމުންނެވެ. މި ވީޑިއޯ ޕޯސްޓުކުރަމުން މަރިޔަމް ބުނެފައިވަނި ނަވާޒް ޝަރީފް ގެ ޒިއްމާ ނަޒާޒު ޝަރީފް އަދާ ކުރައްވައިފި ކަމަށާއި މިއީ ރައްޔިތުން އެމީހުންގެ ފަރުޟު އަދާ ކުރަންވީ ވަގުތެވެ.
نواز شریف نے اپنا فرض نبھا دیا۔ اب آپ کی باری ہے ! pic.twitter.com/TqG2evM0wn
— Maryam Nawaz Sharif (@MaryamNSharif) July 13, 2018
ނަވާޒް އާއި ދަރިކަނބަލުން ވަނީ ލަންޑަނުން ޕާކިސްތާނަށް ފުރާވަޑައިގެންނެވުމުގެ ކުރީން ނަވާޒު ޝަރީޕްގެ އަނބިކަނަބަލުން ކުލްސޫމް ނަވާޒް އާއި މަރިޔަމްގެ ދަރިންނާއި އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިސްހާގް ދާރް އަަށް އަލްވަދާއު ކިޔާފައެވެ. ކުލްސޫމް ނަވާޒު މިވަގުތު އޮންނެވީ ލަންޑަންގެ ހޮސްޕިޓަލެއްެ އައިސީޔޫގައެވެ. އެކަމަނާ ދަނީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ.
This picture will be marked as the ugliest face of Pakistani Establishment for a hundred years pic.twitter.com/lZ0H3uW92w
— pkpolitics (@pkpolitics) July 12, 2018
ފުރާވަޑައިގެންނެވުމުގެ ކުރީން މަރިޔަމް ވަނީ ޓުވީޓެއް ކުރައްވާފައެވެ. އެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އަނިޔާ އާއި ނާ އިންސާފުގެ ކުރިމަތީގައި ހިތްވަރު ގަަދަ ކުރުމަށް އޭނާ ކުދީން ގާތު ބުންޏެވެ. ނަމަވެސް ކުދީން ވާނީ ކުދީންނަށް ކަމަށް އޭނާގެ ޓުވީތުގައި ބުނެފައިވެއެވެ.
Told my kids to be brave in the face of oppression. But kids will still be kids. Goodbyes are hard, even for the grownups. pic.twitter.com/ge17Al5gfY
— Maryam Nawaz Sharif (@MaryamNSharif) July 12, 2018
މިވަގުތު ނަވާޒް ޝަރީފް އާއި މަރިޔަމް ނަވާޒު ތިއްބެވީ އަބޫ ދާބީ އެއަރޕޯޓުގައެވެ.
Abu Dhabi airport. pic.twitter.com/CtUK3vCkMu
— Maryam Nawaz Sharif (@MaryamNSharif) July 13, 2018
ނަވާޒް ޝަރީފް ދިހަ އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ އެވެންފީލްޑް ރެފަރެންސް މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. ޖަލު ހުކުމާ އެކު 8 މިލިއަން ޕައުންޑުން ޖުރުމާނާ ވެސް ކޮށްފައިވެއެވެ. މަރިޔަމް ވަނީ 8 އަހަރުގެ ޖަލު ހުކުމެއް ކޮށް 2 މިލިއަން ޕައުންޑުން ޖުރުމާނާ ކޮށްފައެވެ.
Move like a hero , live like a lion #NawazSharif and @MaryamNSharif move in Abu Dhabi airport for EY243 pic.twitter.com/2D1QJxGM6J
— Saima Farooq (@SaimaFarooq) July 13, 2018
ނަވާޒް ޝަރީފް އާއި މަރިޔަމް ޕާކިސްތާނަށް ގެންނެވުމުގެ ކުރީން ސަލާމަތީ ކަންކަން ވަރުގަފދަ ކުރުމުގެ ގޮތުން 10،000 ފުލުުސް އޮފިސަރުން ހަރަކާތްތެރި ވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ޝިޕިން ކޮންޓެއިނަރުތަކުން ލާހޫރުގެ މަގުތައް ބަންދުކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ނަވާޒް ޝަރީޕްގެ ޕާކިސްތާން މުސްލިމް ލީގް ޕާޓީ، ޕީއެމްއެލް-އެން އަށް ތާއީދުކރުަ މީހުން ވަނީ އެއަރޕޯޓަށް ދާނެ ކަމަށް ބުނެފައެވެ. ނަވާޒް ޝަރީފް އަށް ގައުމަށް ވަޑައިގެންނެވޭނީ މިއަދު އިރުއޮއްސި 6 ޖަހާއިރުއެވެ.