ޑރ. ޝަހީމަކީ ގަބޫލުކުރެވޭފަދަ ނަތީޖާ ދައްކަވައިފައިވާ ބޭފުޅެއް: އިލްމުވެރިން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމަށް ތާއިދު ކުރައްވަން ނިންމެވީ ގިނަކަންކަމަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށް ރާއްޖޭގެ ބައެއް އިލްމުވެރިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް އިލްމުވެރިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ޢިލްމުވެރިޔާ ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ވިދާޅުވީ ޑރ. ޝަހީމަކީ ވަރަށް އިލްވެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ގޮތެއް ކަނޑައަޅުއްވާނީ އިސްލާމްދީނަށާއި ރާއްޖެއަށް ވަރަށް ބޮޑަށް ބެއްލެވުމަށްފަހު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ އެބޭފުޅުން ނިންމެވީ ރިޔާސީ އިންތިޚާބުގައި ޑރ. ޝަހީމް ތާއިދު ކުރައްވާ ފަޅިއަކަށް ތާއިދު ކުރައްވަން ކަމަށް ވެސް ވިދާޅުވިއެވެ.

"ޑރ. ޝަހީމަކީ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ވަރަށް އިލްމުވެރި ބޭފުޅެއް. އެމަނިކުފާނު ޚިޔާރު ކުރައްވާނީ ދިވެހި ވަތަނަށާއި، އަދި އިސްލާމްދީނަށް އޮތް އެންމެފަހި އެންމެ ރަނގަޅުގޮތް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭފަދަ ނަތީޖާތަކެއް ދައްކަވައިފައިވާ ބޭފުޅެއް. އެހެންވީމާ މިފުރުސަތުގައި އަޅުގަނޑުމެން ގައުމީ މަސްލަހަތަށާއި، އަދި އިސްލާމްދީނުގެ މަސްލަހަތަށް ބެލުމަށްފަހުގައި އަދި ދިވެހިރާއްޖޭގެ އެންމެހާ ކަންތައްތަކަށް އަޅުގަނޑުމެންނަށް ކުރެވެނު މިންވަރަކަށް ރިއާޔަތް ކުރެއްވުމަށްފަހުގައި އަޅުގަނޑުމެން ކަނޑައެޅީ ރައީސް އަބްދުﷲ ޔާމީނަށާއި އަދި އެމަނިކުފާނުގެ ރަނިންމޭޓް ފަޟީލަތުއްޝައިޚު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދަށް ތާއީދު ކުރުމަށް،" ގުބާދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.