މާފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި

ރައީސް ޔާމީން މާފުށްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގެވި މަޝްރޫއު ނިންމެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

އެމަނިކުފާނު އެރަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ތިމާވެއްޓާ ބެހޭ ވަޒީރު ތާރީގު އިބްރާހީމް ވިދާޅުވީ މިއީ 2015 އަހަރުގެ ނޮވެމްބަރު މަހު ފެށި މަޝްރޫއެއް ކަމަށެވެ. އެމަސައްކަތް ކުރައްވައިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކުރައްވައިގެންނެވެ.

މާފުށީ ގިރާ ސަރަހައްދުގައިވަނީ 440 މީޓަރުގައި ބޮޑު ހިލަ ޖަހައިފައެވެ. މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ކުރެވިފައިވަނީ އެރަށުގެ ރައްޔިތުންނަށް ވަރަށް އުފާވެރިކަން ގެނުވައިދޭ ފެންވަރަށް ކަމަށެވެ. މި މަޝްރޫއަށް ސަރުކާރުން 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެއްވި ކަމަށްވެސް މިނިސްޓަރ ތާރިގު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.