ބޮޑުހިތި ރިސޯޓުގެ ފަޅުތެރޭގައި އޮތް ލޯންޗެއް އަލިފާން ރޯވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މުރޭ 19:40 ގައި ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑު ރެސްކިޔު ޓީމުން ގެންދަނީ އަލީފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.
"ދުވެލި 17" ނަމަކަށް ކިޔާ އެ ލޯންޗުގައި ރޯވި އަލިފާން ކޮންޓްރޯލް ވެފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީ އެފުންވަނީ ވިދާޅުވެފައެވެ.
އަދި ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ.