މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސ. އަތޮޅު ޓޯނަމެންޓުގައި އިއްޔެ ހަވީރު މަރަދޫއާއި މަރަދޫ ފޭދޫ ބައްދަލުކުރި މެޗު މަރަދޫފޭދޫ ކާމިޔާބުކޮށްފިއެވެ. އެޓީމުން މެޗު ކާމިޔާބުކުރީ 4-2 ލަނޑުންނެވެ.
އައްޑޫފުޓުބޯޅަ ސްޓޭޑިއަމުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ 6 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ މަރަދޫ ފޭދޫ ޓީމުގެ ޖާޒީނަމްބަރު 7 ހުސައިން ޝާމިންނެވެ. ދެވަނަ ލަނޑު ޖަހައިދީފައިވަނީ މެޗުގެ 19 ވަނަ މިނިޓުގައި އެޓީމުގެ ޖާޒީ ނަމްބަރު 11 އަބްދުﷲ ޝިފާޒެވެ. ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޝާމިނެވެ. އޭނާ އެ ލަނޑުޖެހީ މެޗުގެ 61 ވަނަ މިނިޓުގައެވެ. އެޓީމުގެ 4 ވަނަ ލަނޑު މެޗުގެ 87 ވަނަ މިނިޓުގައި ޖަހައިދިނީ އެޓީމުގެ އަހުމަދު ހާމީއެވެ.
މަރަދޫގެ 2 ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހައިދީފައިވަނީ އެޓީމުގެ ޖާޒީނަންބަރު 19 ނިއުޝާން ހަބީބެވެ. އޭނާ މިލަނޑު ޖަހައިފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައެވެ. އެޓީމުގެ ދެވަނަ ލަނޑު ޖަހައިފީފައިވަނީ ޖާޒީ ނަމްބަރ 7 ހުސައިން އައިކެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 86 ވަނަ މިނިޓުގައެވެ.