ރަޝިޔާގެ ޝޮޕިންގ މޯލެއްގައި ރޯވެ 64 މީހުން މަރުވެއްޖެ

ޝޮޕިންގ މޯލްގައި ރޯވެ އަނދަމުން ދަނީ

ރަޝިޔާގެ ސައިބީރިޔާގައި ހިނގި އަލިފާނުގެ ހާދިސާއެެއްގައި 64 މީހުން މަރުވެއްޖެއެވެ. މިއީ ސައިބީރިޔާގެ ރަށެއް ކަމުގައިވާ ކެމެރޯވޯގެ ޝޮޕިންގ މޯލެއްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން މަރުވިކަން މިހާތަނަށް ޔަޤީންކުރެވިފައިވާ ޢަދަދެވެ.
ވިންޓަރ ޗެރީ ކޮމްޕްލެކްސްގައި ރޯވި މިއަލިފާންގަަނޑު ފެތުރިފައިވަނީ އިމާރާތުގެ މަތީ ފަންގިފިލާތަކުގައެވެ. އަދި ގިނަ މީހުން އޭރު ތިބި ކަމަށް ވަނީ ސިނަމާއެއްގައެވެ. އަދި ކުޑަކުދިިން ކުޅޭ ސަރަހެއްދެއްގައެވެ. ހާދިސާ ތަހުގީގު ކުރާ ކޮމިޓީއާ ހަވާލީ އާރުޓީ ނިއުސް އިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވަރަށް ގިނަ ކަމަށް ވެއެވެ..
އަލިފާން ރޯވާންް ދިމާވި ސަބަބާ ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވިފައި ވެއެވެ. އެއް ބަޔަކު ބުނާ ގޮތުގައި އަލިފާން ފުރަތަމަ ރޯވީ ކުޑަކުދިން ކުޅޭ ސަރަހައްދުގައެވެ. ކުޑަކުއްޖަކު ލައިޓަރަކާ ކުޅެނިކޮށް އެތަނުގައި އަަޅާފައި އޮތް ކާޕެޓުގައި ރޯވީއެވެ. އަނެއް ބަޔަކު ބުނަނީ ކުޅޭ ސަަރަހައްދުގައި ކަރަންޓު ޝޯޓެއް ވީއެވެ.
އާދީއްތަ ދުވަހު ހަވީރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 12 ގަޑި އިރު ފަހުންނެވެ. އޭރު 1600 އަކަމީޓަރު ވަނީ އަނދައިގެން ގޮސްފައެވެ.
ރޯވި އަލިފާނުގެ ސަބަބުން 43 މީހުން ޒަޚަމްވީއިރު،37 މީހަކަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ. 11 މީހުންނަށް ވީގޮތެއް ނޭނގިފައި ވާއިރު އޭގެ ތެރޭގައިވެސް ކުޑަކުދިން ހިމެނެއެވެ..
ރިޕޯޓުތައް ބުުނާ ގޮތުގައި އަލިފާން ރޯވިކަން އެނގުމުން މީހުން ހަދާނެ ގޮތެއް ނޭނގި، ކޮޅުކޮޅުމައްޗަށް ދުއެްވައިގަތެވެ. އިމާރާތުގެ ތެރެއިިން ފަޔާއެލާމުގެ އަޑެއް ނީވެއެވެ. އަދި ހަަދަންވީ ގޮތް ބުނެދޭ އަޑެއްވެސް ނީވެއެވެ. ގަދި ގިނަ ބަޔަކު ސަލާމަތްވާން ދުވީ ކުޑަކުދިން ދޫކޮށްލާފައެވެ.
މިހާރު އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ، ރަށުގެ ޕްރައިމަރީ ސްކޫލެއްގެ ކުލާހެއްގެ ކުދިން އެކުގައި މަރުވި މީހުންގެ ތެރޭގައި ވުން އެކަަށީގެން ވުމެވެ. ބުނެވޭ ގޮތުއި ކުދިން ގޮވައިގެން އައި މުދައްރިސު އެކުދިން ދޫކޮށްލާފައި ދިޔައީ މޯލް ތެރޭގައި ތަންތަން ބަލާށެވެ. އަލިފާން ރޯވުމުން ކުދިންނަށް އެތަނުން ނުކުންނަން ނޭނގުނެވެ.
ކެމެރޯވޯ އަކީ މޮސްކޯގެ އިރުން 3600 ކިލޯމީޓަރު ދުރުގައި އޮންނަ ބޯޓުދެލި ނަގާ ރަށެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.