އެމްއެންޑީއެފުން ކޮންކޯޑު ދޯނި ހޯދައިފި

ނުފެނިގެން ހޯދަމުންދިޔަ މަރަދޫ ކޮންކޯޑު މަސް ދޯނި އެމްއެންޑީ އެފް ކޯސްޓްގާޑުގެ ލޯންޗުން ހޯދައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ދޯނި ފެނިފައިވަނީ އައްޑޫ ހުޅަނގުން 32 މޭލު ބޭރުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރަށް ކަމަށެވެ.

ކޮންކޯޑު މިހާރު ދަތުރު ކުރަމުން އަންނަނީ އައްޑުއަށް ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.

ދޯނީގެ އިންޖީނަށް މައްސަލަ ދިމާވެފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެހެންނަމަވެސް ދޯންޏަށް މައްސަލަ ދިމާވެގެން އުޅޭކަން ވެރިފަރާތަށް އެނގިފައިވަނީ އިއްޔެ ހަވީރު 6:10 އެހައިކަންހާއިރުއެވެ.

ދޯނީގެ ވެރިޔާ އަހުމަދު ސައީދު މިހާރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެހެން ކަމުން ދޯނީގެ ކަންކަން މިވަގުތު ބަލަހައްޓަނީ އޭނާގެ ކޮއްކޮ ތައްޔިބުއެވެ. އޭނާ ވިދާޅުވީ އެންމެފަހުން ދޯންޏާ ގުޅިފައިފައިވަނީ ސެޓްލައިޓް ފޯން މެދުވެރިކޮށް ރޭ 8:24 ގައިއެވެ. އޭރުން ދޯނި އޮތީ އައްޑޫއާ 80 މޭލު ބޭރުގައެވެ. "އޭރު ދޯނީގެ އިންޖީނަށް މައްސަލަ ދިމާވެފައިވާކަން އެނގުނީ. އަޅުގަނޑު ދެ އިންޖީނިއަރަކާއި ދޯނީގެ ކެޕްޓަނާ ފޯނުގެ ޒަރިއްޔާއިން ޖާމީން ކޮށްދިނިން. އިންޖީނޭރުން ބުނިގޮތަކަށް ހަދައިގެން ވަގުތީ ގޮތުން މައްސަލަ ހައްލުވި. އަދި އަލުން ދަތުރުފެށި،" ތައްޔިބު ވިދާޅުވިއެވެ.

އެހެންނަމަވެސް އެފަހުން އެމްއެންޑީއެފަށް ދޯނި ފެނުމާ މެދޭތެރޭގައި އެއްވެސް ޚަބަރެއް ނުވާކަމަށާއި ސެޓްލައިޓް ފޯނަށްވެސް ނުގުޅޭ ކަމަށެވެ. އެހެންވެ ދޯނިން ދަތުރުކުރި "ތިރީހަކަށް" މީހުންގެ އާއިލާތަކުން ވަރަށް ކަންބޮޑުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދޯނީގެ ޚަބަރެއްވެ އެމްއެންޑީއެފްގެ މަދަދުވެރިކަން ލިބުމުން މީހުންގެ ހާސްކަންވަނީ ފިލައިފައެވެ. އެހެންނަމަވެސް ދޯނީގެ މީހުންގެ ހާލުއަހުވާލާ ބެހޭގޮތުން އަދި އެއްވެސް މައުލޫމާތެއް ނުލިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.