ފިލިޕީންސްގައި މުސްލިމް ހަނގުރާމަވެރިންގެ 44 މީހުން މަރުވެއްޖެ

މަގުއިންޑަނާއޯގެ މިސްކިތެއް

ފިލިޕީންސް ސަރުކާރުގެ ސިފައިންނާއި ބަންގްސަމޯރޯ އިސްލާމިކް ފްރީޑަމް ފައިޓަރސް (ބީއައިއެފްއެެފް) ގެ ހަނގުރާވެރިންނާއި ދެމެދު ބަދަލު ކުރެވުނު ހަަތރު ދުވަހުގެ ހަމަލާތަކެއްގައި ބީއައިއެފެއެފްގެ 44 ހަނގުރާމަވެރިން މަރުވެ 26 ޒަޚަމްވެެއްޖެ ކަމުގައި ފިލިޕީންސް ސަރުކާރުން ބުނެފިއެވެ. މި ހަމަލާތައް ބަދަލުކުރެވިފައިވަނީ ދެނުކުގެ ޕްރޮވިންސެއް ކަމުގައިވާ މަގުއިންޑަނާއޯގައެވެ. ފިލިޕީންސް އަސްކަރިއްޔާގެ ލެފްޓިނެންޓް ޖެނެރަލް ގެރީ ބަސާނާ ވިދާޅުވީ ހަމަލާތައް ބަދަލުކުރެވިފައި ވަނީ އެ ޕްރޮވިންްސްގެ ތިން އަވަށެއްގައި ކަމުގައެެވެ.
މަގުއިންޑަނާއޯއަކީ އިރުމަތީ އޭޝިޔާ ސަރަހައްދުގައި ސްޕެއިންގެ އިސްތިއުމާރު ފެށުމުގެ ކުރިން މިނިވަން މުސްލިމް ދައުލަތެއް އޮތް ސަރަހައްދެކެވެ. ސްޕެއިންގެ އިސްތިއުމާރަށް ފަހު އެ ސަރަހައްދު ވީ ފިލިޕީންސްގެ ބަޔަކަަށެވެ. ދެކުނު ފިލިޕީންސްގެ މުސްލިމް ސަރަަހައްދެއް ކަމުގައިވާ މިންޑަނާާއޯގެ ޕްރޮވިންސެއްގެ ގޮތުގައި އޮތް މަގުއިންޑަނާއޯގެ 1.1 މިލިއަން މީހުންގެ އާބާދީގެ ބޮޑު ބަޔަކީ މުސްލިމުންނެވެ.
ބީއައިއައިއެެފް ޖަމާއަތަކީ އެސަަރަހައްދުގެ އެންމެ ބޮޑު ޖަމާއަަތް، މޯރޯ އިސްލާމިކް ލިބަރޭޝަން ފްރަންޓުން 2008 ވަނަ އަހަރު ފިލިޕީންސް ސަރުކާރާއެކު ސުލްހައިގެ އެެއްބަސްވުމެއްގައި ސޮއިކުރުމުން، އެކަމާ ދެކޮޅު ހަދައި ވަކިވި ކުޑަ ޖަމާޢަތެކެވެ. އޭރުއްސުރެ، 300 އެއްހާ ހަނގުރާމަވެރިންގެ މައްޗަަށް އެކުލެވޭ އެޖަމާއަތުން ދަނީ ފިލިޕީންސް ސިފައިންނާ ހަނގުރާމަކުރަމުންެނެވެ. މިފަދަ އެހެން ޖަމާއަތްތައް އެސަަރަހައްދުގައި ހަރަކާތްތެރި ވެއެެވެ.
"އަހަރުމެން ލަފާކުރާ ގޮތުގައި އަދިވެސް އެމީހުންގެ 200 އެއްހާ ހަނގުރާމަވެރިން އެބައުޅޭ." އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ. ފިލިޕީންސް ސަރުކާރުން ވަނީ ބީއައިއެފް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅާފައެވެ.
ޚަބަރު: އެރެބް ނިއުސް، ރޮއިޓަރސް

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.