ކާފިއުގެ ސަބަބުން ދިވެހިން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި

އަވަށްޓެރި ސްރީލަންކާގެ ކެންޑީގައި ކާފިއު ހިންގުމުން އެތާގައި އުޅެމުންދާ ދިވެހިންތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު ވިދާޅުވީ ކާފިއު ހިންގާފައިވާތީ އެއްވެސް ބަޔަކަށް ގެއިންވެސް ނުނުކުމެވޭ ކަމަށެވެ. އެމީހުންގެ ކަންކަން ވަރަށްގާތުން ބައްލަވަމުން ގެންދަވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

ކެންޑީ ނޫން އެހެން ހިސާބުތަކުގައި އުޅޭ ދިވެހީންގެ ހާލުއަހުވާޅު ރަނގަޅު ކަމަށްވެސް މުންދު ވިދާޅުވިއެވެ. ލަންކާގައި ކާފިއު ހިންގާފައިވަނީ މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ސަބަބުންނެވެ. އެ ހަމަނުޖެހުންތަކުގައި މިސްކިތްތަކަށާއި، ގެތަކަށްވެސް ގެންދަނީ ހަމަލާދެމުންނެވެ.

ކެންޑީގައި ހިންގަމުންދާ ސަރުކާރު ސްކޫލްތައްވެސް ސަރުކާރުންވަނީ ވަގުތީޯ ގޮތުން ބަންދު ކޮށްފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ދޮގުވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުންވަނީ އެގައިމުގެ ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބްލޮކް ކޮށްފައެވެ. އޭގެ އިތުރަށް ކާފިއުގެ ދުވަސްވަރު ގެއިން ނުނުކުމެ ތިބުމަށްވެސްވަނީ އަންގައިފައިވެއެވެ. ކަމެއް ދިމާވެއްޖެ ކަމަށްވާނަމަ އެންމެ ކައިރި ޕޮލިސްސްޓޭޝަނަކަށް ރިޕޯޓު ކުރުމަށްވެސް ވަނީ އަންގައިފައެވެ.

ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް ވިދާޅުވެ ކެނެޑާއިން އިއްޔެ ވަނީ ބަޔާނެއްވެސް ނެރެފައެވެ. ބަޔާނުގައި ވިދާޅުވެފައިވަނީ ގައުމަށް ހަމަޖެހުން ގެނައުމަށް ދެ ފަރާތުން މަޝްވަރާ ކުރުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.