އިންޑިއާގެ ފިލްމީ ތަރި ސްރީ ދޭވީ މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސްރީ ދޭވީ މަރުވެއްޖެއެވެ. އޭނާ މަރުވީ މިރޭ (ހޮނިހިރު ދުވަހުގެ ރޭ) 10.30 އާއި 11.00 ދެމެދުގެ ވަގުތެއްގައި ދުބާއީގައެވެ. މަރުވީ ހިތް ހުއްޓިގެންނެވެ. މަރުވީ އިރު އޭނާގެ ހަގު ދަރިފުޅު ޚުޝީ އާއި ފިރިމީހާ ބޮނީ ކަޕޫރު ކައިރީގައި ތިއްބެވެ.މަރުވީ އިރު އޭނާގެ އުމުރަކީ 54 އަހަރެވެ.

 ސްރީ ދޭވީގެ އަސްލު ނަމަކީ ޝްރީ އައްމާ ޔަންގެރް އައްޔަޕަން އެވެ. އޭނާ ވަނީ ތަމަޅަ ފިލްމާއި، ތެލުގޫ ފިލްމާއި، މަލަޔާލަމް ފިލްމާއި، ކައްނާޑާ ފިލްމުގައިވެސް މަސައްކަތް ކޮށްފައެވެ. އޭނާ ފިލްމު ކުޅެން ފަށާފައި ވަނީ ކުޑައިރުއެވެ. ބޮޑުވުމަށްފަހި އެނާ ވެފައި ވަނީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރި ކަމުގައެވެ. 2013 ވަނަ އަހަރު އޭނާއަށް ވަނީ އިންޑިއާގެ ސަރުކާރުން ދޭ ހަތަރު ވަނައަށް އެންމެ ޝަރަފުވެރި މަދަނީ އިނާމު ކަމުގައިވާ ޕަދްމާ ޝްރީ ގެ އިނާމު ދީފައެވެ.

އޭނާގެ މަޝްހޫރު ހިންދީ ފިލްމުތަކުގެ ތެރޭގައި ޗާނދްނީއާއި، ލަމްހޭ އާއި ނަގީނާއާއި، މިސްޓަރ އިންޑިއާ ހިމެނެއެވެ. ފިލްމު ކުޅުމާ ދުރުގައި އަހަރުތަކެއް ވޭތު ކުރުމަށް ފަހު އޭނާ ފަހުން ކުޅުނު އިންގްލިޝް ވިންގްލިޝް ވެސް ވަރަށް ބޮޑަށް މަޝްހޫރު ވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.